ވިހެއުމުން އަންހެނުންގެ ރީތިކަން އިތުރުވޭ: އަމްރިތާ ރާއޯ

ވިހެއުމަކީ އަންހެނެއްގެ ދަރަޖަ މަތިވާ ކަމެއް ކަމަށާއި، ވިހެއުމުން އަންހެނުންގެ ރީތިކަން އިތުރުވާ ކަމަށް ބޮލީވުޑްގެ ކުރީގެ މަޝްހޫރު ބަތަލާ އަމްރިތާ ރާއޯ ބުނެފިއެވެ.

“މޭ ހޫ ނާ” އަދި “ވިވާ” ފަދަ މަޤުބޫލު ފިލްމުތައް ކުޅެފައިވާ ބަތަލާއަށް ވަނީ މިދިޔަ އަހަރުގެ ފަހުކޮޅު އަލަތު ދަރިއަކު ލިބިފައެވެ. އެކަމާ ބެހޭގޮތުން ‘އީޓައިމްސް’ އާ ވާހަކަދައްކަމުން އަމްރިތާ ކިޔައިދިން ގޮތުގައި، މަންމައަކަށް ވުމަކީ ހީވެސް ނުކުރާ ކަހަލަ ތަޖުރިބާއެކެވެ. އަދި ދަރިއަކު އޭނާގެ މަންމައަށް އެންމެ ފުރަތަމަ ދަސްކޮށްދޭ އެއްޗަކީ ވަގުތު މެނޭޖު ކުރާނެ ގޮތާއި އަޚުލާޤު ކަމަށް އޭނާ ބުންޏެވެ.

“މައިވަންތަކަމަކީ އެކިކަހަލަ ޖަޒުބާތުން ފުރިފައިވާ ކަމެއް. އެގޮތުން ކޮންމެދުވަހަކު އާ އިހުސާސެއް ކުރަންޖެހޭ. ބައެއް ދުވަސްދުވަހު ވަރުބަލިވެ، ރުޅިއަންނަ ގޮތްވުން، އަނެއްބައި ދުވަސްދުވަހު އުފަލުން ރޮވޭގޮތްވުން މިއީ ހައްތަހާ ވެސް ތަޖުރިބާކުރަން ޖެހޭ ކަންކަން”، އަމްރިތާ ކިޔައިދިނެވެ.

އަމްރިތާ އާއި އޭނާގެ ފިރިމީހާ އާރްޖޭ އަންމޯލްގެ ދަރިފުޅުގެ ނަމަކީ ވީރް އެވެ. އަމްރިތާ ފިލްމުތަކުން ފެނުން މިހާރު ވަނީ ވަރަށް މަދުވެފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!