ޓެލެކްލާސްއަށް ބައިނަލްއަގުވާމީ އެވޯޑެއް

ކޮރޯނާ ވައިރަސްއާ ގުޅިގެން ރާއްޖޭގެ ސްކޫލްތައް ބަންދުކުރުމުން ޓީވީ މެދުވެރިކޮށް ކުރިއަށް ގެންދިޔަ “ޓެލެކްލާސް” ޕްރޮގްރާމްއަށް ބައިނަލްއަގުވާމީ އެވޯޑެއް ލިބިއްޖެ އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ ޓެލިކިހާލަށް ވެންހުއި އެވޯޑް ފޯ އެޑިއުކޭޝަނަލް އިނޮވޭޝަން 2020 ލިބިފައިވާ ކަމަށެވެ. މިއީ އޭޝިއާ ޕެސިފިކް ސަރަހައްދުން ރާއްޖެއަށް ލިބުން އެވޯޑެކެވެ. 

ދެހާސް ދިހަ ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ވެސް ދެމުން އަންނަ މި އެވޯޑު، ރާއްޖެއަށް ލިބުނު މިއީ ފުރަތަމަ ފަހަރެެވެ. މި އެވޯޑާއެކު ރާއްޖެއަށް އިނާމެއްގެ ގޮތުގައި 20،000 ޑޮލަރު ލިބިފައިވާ ކަމަށް ވެސް މިނިސްޓްރީން ބުނެ އެވެ.

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ސްކޫލުތައް ބަންދުކުރަން ޖެހުނު ދަނޑިވަޅުގައި އެ ކުދިންގެ ކިޔެވުން ހުއްޓާ ނުލައި ކުރިއަށް ގެންދިއުމުގެ މަގްސަދުގައި މިނިސްޓްރީން ވަނީ ޓެލިކިލާސްތަކެއް ފަށާފަ އެވެ. އެގޮތުން މިދިޔަ އަހަރުގެ މާޗް މަހުގެ ތެރޭގައި މި ކްލާސްތައް ގެނެސްދިނީ ޕީއެސްއެމްގެ މުންނާރު ޗެނަލް އާއި ދިވެހި ޗެނަލްގެ އިތުރުން ޔެސްޓީވީ މެދުވެރިކޮށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!