ލޯބިވެރިންގެ ދުވަހު ނިކް ޕްރިޔަންކާއަށް ދިން ހަދިޔާއަކީ މިއީ

އިއްޔެ ފާހަގަކުރި ލޯބިވެރިންގެ ދުވަހާ ގުޅިގެން ޕްރިޔަންކާ ޗޯޕްރާއަށް އޭނާގެ ފިރިމީހާ ނިކް ޖޯނަސްގެ ފަރާތުން ފިނިފެންމަލުގެ ގުލްދަސްތާތަކެއް ލިބިއްޖެއެވެ.

ލޯބިވެރިންގެ ދުވަސް އެކީގައި ފާހަގަނުކުރެވުނަސް، ނިކް ވަނީ އިނގިރޭސިވިލާތުގައި ހުރި ޕްރިޔަންކާއަަށް ޙާއްސަކޮށް ފިނިފެންމާތަކެއް ފޮނުވާފައެވެ. މަޝްހޫރު ބަތަލާ އިންސްޓަގްރާމްގައި ހިއްސާކުރި ފޮޓޯއިން ފެންނަނީ ގިނަ އަދަދެއްގެ ފިނިފެންމާތަކަކުން އޭނާ އިށީނދެގެން އިން ތަން ފުރާލާފައިވަނިކޮށެވެ. އެ ޕޯސްޓަށް 2 މިލިއަނަށްވުރެ ގިނަ ލައިކު ލިިބިފައިވާއިރު، ގިނަ ބަޔަކު ވަނީ އެއީ “ކަޕްލް ގޯލްސް” ގެ ގޮތުގައި ސިފަކޮށްފައެވެ.

ލޯބިވެރިންގެ ދުވަހު ޕްރިޔަންކާ ވަނީ ނިކްދެކެ ލޯބިވާވަރު ހާމަކޮށް، އިންސްޓަގްރާމުގައި ހާއްސަ ޕޯސްޓެއް ހިއްސާކޮށްފައެވެ. މި ދެތަރިން ކައިވެނިކޮށްފައިވަނީ 2018 ގައެވެ. އޭގެފަހުން މި ޖޯޑަކީ، އެތައް ބަޔަކު ނަމޫނާއެއްގެ ގޮތުގައި ބަލަމުން އަންނަ ޖޯޑަކަށް ވަނީ ވެފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!