އެމްއެސް ދޯނީގެ އިތުރު އެކްޓަރަކު އަމިއްލައަށް މަރުވެއްޖެ

މިދިޔަ އަހަރު އަމިއްލައަށް ދަންޖެހިގެން މަރުވި ބޮލީވުޑްގެ ކާމިޔާބު އެކްޓަރު ސުޝާންތު ސިންގް ރާޖްޕުތާއެކު 2015 ވަނަ އަހަރު “އެމްއެސް ދޯނީ: ދި އަންޓޯލްޑް ސްޓޯރީ” ގައި މަސައްކަތްކުރި އެކްޓަރަކު ވެސް އަމިއްލައަށް މަރުވެއްޖެއެވެ.

އިންޑިއާގެ ނޫސްތަކުން ރިޕޯޓުކުރާ ގޮތުގައި، މިއަދު އަމިއްލައަށް މަރުވެފައިވަނީ، “އެމްއެސް ދޯނީ” ގައި ސުޝާންތުގެ ރައްޓެއްސެއްގެ ރޯލު ކުޅުނު ސަންދީޕް ނަހަރް އެވެ. ސަންދީޕް މަރުވީ މުމްބާއީގައި އޭނާ ދިރިއުޅޭ ގޭގައި ކަމަށް ނޫސްތަކުން ބުނެއެވެ.

ސުޝާންތު އަދި ސަންދީޕް

މަރުވުމުގެ ކުރިން ސަންދީޕް ވަނީ ފޭސްބުކް މެދުވެރިކޮށް ސޫސައިޑް ނޯޓަކާއެކު ވީޑިއޯއެއް ހިއްސާކޮށްފައިވެއެވެ. އެ ސޫސައިޑް ނޯޓުގައި ސަންދީޕް ކިޔައިދީފައިވާ ގޮތުގައި، އޭނާގެ އަމިއްލަ ދިރިއުޅުމާއި މަސައްކަތުގެ ދާއިރާގައި މައްސަލަތަކަކާ ކުރިމަތިވެފައިވާ ކަމަށާއި، އެހެންކަމުން ދިރިހުރުމުގެ އެއްވެސް ބޭނުމެއް އޭނާއަށް މިހާރު ނުފެެންނަ ކަމަށެވެ. އަމިއްލައަށް މަރުވާން ނިންމީ އާއިލާގެ އެއްވެސް މީހެއްގެ ފަރާތުން ދިމާވެފައިވާ ކަމަކާ ގުޅިގެން ނޫން ކަމަށާއި، އެހެންކަމުން އޭނާގެ މަރުގެ ޒިންމާ އާއިލާގެ ބޮލުގައި ނޭޅުވުމަށް ސަންދީޕް ވަނީ އެދިފައެވެ. 10 މިނިޓުގެ އެ ވީޑިއޯ ސަންދީޕް ވަނީ އޭނާގެ ދިރިއުޅުމާ ބެހޭގޮތުން އެކިއެކި ވާހަކަ ދައްކައިފައެވެ.

ސަންދީޕް ނަހަރް އަކީ ބޮލީވުޑްގެ ބައެއް ފިލްމުތަކުގައި ކުދިކުދި ރޯލުތަކުން ފެނިފައިވާ އެކްޓަރެކެވެ. އެގޮތުން އަކްޝޭ ކުމާރާއެކު “ކޭސާރީ” ފިލްމުން 2019 ގައި ފެނިފައިވެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!