ނީލަމް މިއުޅެނީ ރާއްޖޭގައި

އިންޑިއާގެ ކުރީގެ މަޝްހޫރު ބަތަލާ ނީލަމް ކޮތާރީ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަދެއެވެ.

ނީލަމް ޗުއްޓީ ހޭދަކުރަމުންދަނީ އާއިލާއާއެކު ލިލީ ބީޗް ރިސޯޓުގައެވެ. އޭނާ އަންނަނީ މި ދަތުރުގެ ހިތްގައިމު ފޮޓޯތަކެއް މީސްމީޑިއާގައި ހިއްސާކުރަމުންނެވެ. އެގޮތުން މީގެ ދެދުވަސް ކުރިން ފެށިގެން އިންސްޓަގްރާމް އެކި ފޮޓޯތައް ހިއްސާކޮށްފައިވެއެވެ.

ނީލަމަކީ ހިންދީ ސިނަމާގައި 1980 އާއި 1990 ގެ ކުރީކޮޅު ވަރަށް ގަދަޔަށް ބަތަލާއެކެވެ. އޭނާގެ އަލަތު ފިލްމަކީ 1984 ގެ “ޖަވާނީ” އެވެ. އޭގެ ފަހުން ނީލަމް، 51، ގިނަ ފިލްމުތަކެއް ކުޅެފައިވާ އިރު، އޭނާ އާއި ގޯވިންދާގެ ޖޯޑަކީ އެ ދުވަސްރު އެންމެ މަގުބޫލުވި އެއް ޖޯޑެވެ.

ނީލަމް އެންމެ ފަހުން ފެނިފައި ވަނީ މިދިޔަ އަހަރުގެ ފަހުކޮޅު ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނުން ބޮލީވުޑްގެ އެކްޓަރުންތަކެއް އަނބިންގެ ލައިފްސްޓައިލް ދެއްކި ނެޓްފްލިކްސްގެ ސީރީޒް “ފެބިއުލަސް ލައިވްސް” އިންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!