މީ ޝީލްޕާ އާއި ރާޖް ގެ ބޭޑްރޫމް ސިއްރެއް!

ލޯބިވެރިންގެ ދުވަހުގެ މުނާސަބަތުގައި ފިލްމީ ތަރި ޝިލްޕާ ޝެޓީ އަދި ފިރިމީހާ ރާޖް ކުންދުރާ ވަނީ ވީޑިއޯ އެއް ނެރެފައިއެވެ. އިންސްޓަގްރާމްގައި މި ވީޑިއޯގެ ބައެއް ތަންކޮޅު ކޮޅު ވަނީ ޝީލްޕާ ހިއްސާކޮށްފައިއެވެ.

ޝިލްޕާ ހިއްސާކޮށްފައިވާ ވީޑިއޯ ކޮޅެއްގައި ރާޖް ކައިރީ، ޝިލްޕާގެ ފޭވަރިޓް “ލަވް ސްޓޯރީ” އަކީ ކޮބާތޯ އެހުމުން އެ ސުވާލުގެ ޖަވާބު ނޭގުމުން ޝީލްޕާ ވަނީ ވަރަށް ބާރަށް ހަޅޭއްލަވައި ގަނެފައިއެވެ. އެއަށްފަހު ރާޖް ބުނެފައިވަނީ އެއީ “ފިފްޓީ ޝޭޑްސް އޮފް ގްރޭ” ކަމަށެވެ. މި ޖަވާބް ދިނުމުން ޝިލްޕާ ވަނީ ލަދުން މޫނުގައި އަތް އަޅާފައިއެވެ.

މީގެ އިތުރުން އެހެން ވީޑިއޯއެއްގައި ޝިލްޕާ ވަނީ “ރާޖްމާ ޗޯލޭ” އާއި ގުޅިގެން ރާޖް އާއި ބެހޭގޮތުން ވާހަކައެއް ކިޔައިދީފައިއެވެ. މީ ރާޖްގެ ޖަވާބުގެ ސަބަބުން ބަދަލު ހިފުމުގެ ގޮތުން ބުނފައިވާ އެއްޗެއް ކަމަށް ބެލެވެއެވެ.

މި ވީޑިއޯ ކޮޅުތަކުގެ ސަބަބުން ގިނަ ބަޔަކު ވަނީ މި ވީޑިއޯ އެއްކޮށް ބަލާލުމަށް ކެތްމަދުވެފައިއެވެ.

ޝީލްޕާ އާއި ރާޖް ކައިވެނި ކުރީ 2009 ވަނަ އަހަރުގައިއެވެ. މި ކައިވެންޏަށް ދެ ކުދިން ލިބިފައިވާއިރު، ބޮޑު ދަރިފުޅު ވިޔާން އަށް 8 އަހަރުވެފައި ވާއިރު ކުޑަ ދަރިފުޅު ޝަމީޝާ އަށް އަދި އަހަރުވެސް ނުވެއެވެ.

މި ދެމީހުންގެ ކައިވެންޏަށް ވަނީ 11 އަހަރު ފުރިފައިއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!