އެމްޑީޕީގެ އެސްޖީއަކަށް ޝާޒްލީ

ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް މައްޗަށްގޮޅީ ފެރީނާ ޝާޒުލީ ޝަފީގު އިންތިހާބު ކޮށްފި އެވެ.

އެމްޑީޕީގެ އެސްޖީގެ މަގާމު ފެބްރުއަރީ 11، 2020 ގައި ވަނީ ހުސްވެފައެވެ. އެންމެ ފަހުން އެ މަގާމުގައި ހުންނެވީ އަނަސް އަބްދުއްސައްތާރެވެ. ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް އަކަށް ހުންނެވީ އަފްޝަން ލަތީފެވެ. އޭނާވެސް ވަނީ މަގާމުން ވަކިވެވަޑައިގެންފައެވެ. އަފްޝަން އެ މަގާމު ދޫކޮށްލެވީ ލޯކަލް ގަވާމަންޓް އޮތޯރިޓީގެ ސީއީއޯގެ މަގާމާއި ހަވާލުވެވަޑައިގަތުމަށެވެ.

މިރޭ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި ވަނީ ހުސްވެފައިވާ އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ބޭފުޅަކު އިންތިހާބު ކޮށްފައެވެ. އެ މަގާމަށް ހުޅުވާލުމުން ކުރިމަތިލީވެސް އެންމެ ބޭފުޅެކެވެ. އެއީ މިރޭ އެ މަގާމަށް އިންތިހާބު ކުރެއްވި ޝާޒުލީ ޝަފީގެވެ.

ޝާޒުލީ އެ މަގާމަށް އިންތިހާބު ކުރީ މިރޭ ގައުމީ މަޖިލީހުގައި ބައިވެރިވި 99 މެންބަރުންގެ ތެރެއިން ވޯޓްގައި ބައިވެރިވި 90 މެންބަރުންގެ އިއްތިފާގުންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!