ސާރާ އަލީ ޚާން މިހުރީ ހުސްކޮށޯ!

ލޯބިވެރިންގެ ދުވަހާ ދިމާކޮށް ބޮލީވުޑްގެ ޒުވާން ބަތަލާ ސާރާ އަލީ ޚާން އިންސްޓަގްރާމްގައި ހިއްސާކުރި ފޮޓޯއެއްގައި، އޭނާ ހުރީ ހުސްކޮށް ކަމަށް ދޭހަވާ ކަހަލަ ކެޕްޝަނެއް ޖަހައިފިއެވެ.

ޔޯގާ ކުރަނިކޮށް ނަގާފައިވާ އެ ވީޑިއޯއާއެކު ސާރާ ލިޔެފައިވަނީ، ލޯބިވެރިންގެ ދުވަހު އަމިއްލަ ނަފްސުދެކެ ލޯބިވުމުގެ މުހިއްމު ވާހަކައެވެ. އަދި މި ދުވަހާ ދިމާކޮށް އެހެން ބޮލީވުޑް ތަރިން އެމީހުންގެ ބައިވެރިންނާ އެކީ ނަގާފައިވާ ލޯބި ފޮޓޯތައް މީސްމީޑިއާއަށް ލަމުން އަންނައިރު، ސާރާ އެފަދަ ކެޕްޝަނަކާއެކު އަމިއްލަ ވީޑިއޯއެއް ހިއްސާކުރުމުން ދޭހަވަނީ އޭނާ “ސިންގަލް” ކޮށް ހުރިކަން ކަމަށް ބައެއް މީޑިއާތަކުން ވަނީ ފާހަގަކޮށްފައެވެ.

25 އަހަރުގެ ބަތަލާ އެންމެފަހުން ރައްޓެހިވެގެން އުޅުނު ކަމަށް އަޑުއަރާފައި ވަނީ އެކްޓަރު ކާރްތިކް އާރްޔަން އާއެވެ. 2 އަހަރެއްހާ ދުވަހަށް ދެމިގެންދިޔަ އެ ގުޅުން ނިމިފައިވަނީ، ދެމީހުންގެ މިޒާޖު ދިމާނުވުމާއި، މަސައްކަތަށް ދޭންޖެހޭ ވަގުތު ދިނުމުގެ ގޮތުން ކަމަށް ބުނެފައިވެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!