ރޯހަންޕްރީތު ދިން ސަޕްރައިޒުން ނޭހާ އުފަލުން ފޮޅިފައި!

ލޯބިވެރިންގެ ދުވަހާ ދިމާކޮށް، އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ނޭހާ ކައްކަރަށް އޭނާގެ ފިރިމީހާ ރޯހަންޕްރީތު ސިންގްގެ ފަރާތުން ޙާއްސަ “ހަދިޔާއެއް” ލިބިއްޖެއެވެ.

ނޭހާއަށް ރޯހަންޕްރީތުގެ ފަރާތުން ލިބުނު ސަޕްރައިޒަކީ، ނޭހާގެ ނަމުގެ ޓެޓޫއެއް ރޯހަންޕްރީތުގެ އަތުގައި ޖެހުމެވެ. އެ ޓެޓޫގައި ވަނީ “ނޭހޫސް މޭން” މިހެންނެވެ. ‘ނޭހޫ’ އަކީ ނޭހާއަށް ލޯބިން ކިޔައިއުޅޭ ނަމެކެވެ. އެ ޓެޓޫ ދައްކާލައި، ދެމީހުން އެކުގައި ނަގާފައިވާ ފޮޓޯތަކުން ފެންނަނީ ނޭހާ އިންތިހާ ދަރަޖައަށް އުފާވެ، ހިނިއައިސްފައި ހުރި މަންޒަރެވެ.

އެ ފޮޓޯތައް އިންސްޓަގްރާމްގައި ހިއްސާކުރަމުން 32 އަހަރުގެ ލަވަކިޔުންތެރިޔާ ބުނީ، އެއީ އޭނާއަށް ލިބުނު އެންމެ “ބެސްޓު” ހަދިޔާ ކަމަށެވެ. އަދި ޓެޓޫ ޖެހި ވަގުތު ރޯހަންޕްރީތަށް ތަދުވިތޯ އެހުމުން ނުވާ ކަމަށް އޭނާ ބުނިކަމަށް ނޭހާ ލިޔެފައިވެއެވެ. އަދި ޓެޓޫ ޖެހި ވަގުތު ރޯހަންޕްރީތު އިނީ ނޭހާގެ ލަވަތައް ކިޔަން ކަމަށާއި، އެހެންކަމުން ތަދު އިހުސާސްނުވާކަމަށް ބުނިކަމަށް ލިޔެފައިވެއެވެ.

ނޭހާ އިއްޔެ ހިއްސާކުރި އެ ޕޯސްޓަށް މިހާރު ވަނީ 1 މިލިއަނަށްވުރެ ގިނަ ލައިކު ލިބިފައެވެ.

ނޭހާއާއި ރޯހަންޕްރީތު ކައިވެނިކޮށްފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ތެރޭގައެވެ. އޭގެފަހުން ދެމީހުން އަންނަނީ މީސްމީޑިއާގައި ގިނަ ޕޯސްޓުތަކެއް ކޮށް، ފޭނުންގެ ސަމާލުކަން އަތުލަމުންނެވެ. ނޭހާ ކައްކަރަކީ އިންޑިއާ ސެލެބްރީޓީންގެ ތެރެއިން މީސްމީޑިއާގައި އެންމެ ބޮޑު ފޭން ފޮލޮވިންގެއް އޮންނަ އެއް ފަންނާނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!