ކާގޯ ބޯޓެއްގެ ތެރެއަށް ވެއްޓި ފަޅުވެރިއަކު މަރުވެއްޖެ

އައްޑޫ ކައިރިން ދަތުރު ކުރަމުންދިޔަ ކާގޯ ބޯޓެއްގެ ތެރެއަށް ވެއްޓި، ފަޅުވެރިއަކު މަރުވެއްޖެއެވެ.

އެމްއެންޑީއެފުން ވިދާޅުވީ، އައްޑޫގެ އިރުދެކުނުން 165 ނޯޓިކަލް މޭލު ބޭރުން ދަތުރު ކުރަމުން ދިޔަ “އެމްވީ ޑެރްބީ” ނަމަކަށް ކިޔާ މި ކާގޯ ބޯޓުގެ ތެރެއަށް ވެއްޓިފައިވަނީ ބިދޭސީ ފަޅުވެރިއެއް ކަމަށެވެ. އަދި އެ ބިދޭސީ މީހާ ވެއްޓިގެން އަވަސް ފަރުވާއަށް އެމްއެންޑީއެފްގެ އެހީތެރިކަމަށް އެދިފައިވަނީ މިއަދު މެންދުރު 12:26 އެހާކަންހާއިރު ކަމަށާއި، އެވަގުތުން ފެށިގެން ސަރުކާރުގެ ކަމާގުޅުންހުރި އިދާރާތަކުގެ ހުއްދައާއެކު ބޯޓު އައްޑޫއާ ދިމާއަށް ކައިރިކޮށް، ކަނޑުމަތިން ބިދޭސީ މީހާ ކޯސްޓު ގާޑުގެ ލޯންޗުގައި އައްޑޫ ސިޓީއަށް ގެންދިއުމުގެ މަސައްކަތް ކޮށްފައިވަނީ މީގެ ކުޑައިރު ކޮޅެއް ކުރިން ކަމަށް ވިދާޅުވިއެވެ.

މަޢުލޫމާތު ލިބޭގޮތުގައި، އެ މީހާ މަރުވެފައިވަނީ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލަށް ގެންދިޔުމުގެ ކުރިންނެވެ.

މި ހާދިސާގެ އިތުރު ތަފްސީލު މިހާތަނަކަށް ހާމައެއް ނުކުރެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!