އަހަރެމެންގެ ދެވަނަ ދަރިފުޅަށް ސަމާލުކަން ބޭނުމެއް ނޫން: ކަރީނާއާއި ސައިފް

ކަރީނާ ކަޕޫރާއި ސައިފް އަލީ ޚާންގެ އަލަތު ދަރިފުޅު ތައިމޫރު އަލީ ޚާން ޕަތައުޑީ އަކީ އެތައް މީޑިއާތަކެއްގެ ލޯތައް އަމާޒުވެފައި ކުއްޖެކެވެ. ތައިމޫރު ކިރިޔާވެސް ބޭރަށް ނުކުމެލާއިރަށް، ފަހަތުން ކެމެރާތައް ހިފައިގެން އައިސް އޭނާ ވަށާލައެވެ. ކަން މިހެން އޮތަސް، ކަރީނާއާއި ސައިފް އެމީހުންގެ ދެވަނަ ދަރިފުޅަށް ތައްޔާރުވަމުން އަންނައިރު، އެދެމަފިރިން ވަނީ އެކުއްޖާއާ މެދު ގެންގުޅޭނެ އުސޫލު ހާމަކޮށްފައެވެ.

ސައިފްގެ ދެމަފިރިންނާ ހަވާލާދީ އިންޑިއާގެ ނޫހަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ތައިމޫރަށް ލިބުންފަދަ ސަމާލުކަމެއް، ދެވަނަ ދަރިފުޅަށް އެމީހުން ބޭނުމެއް ނުވެއެވެ. އަދި އަނުޝްކާ ޝަރްމާ އާއި ވިރާޓް ކޯލީ ފަދައިން، އެދެމަފިރިން ވެސް ވަނީ މީޑިއާތަކުގެ ކިބައިން ޕްރައިވެސީއަށް އެދިފައި ކަމަށް ބުނެއެވެ.

އެހެންކަމުން، މި ފެށޭ ހަފްތާގައި ވިހާނެ ކަމަށް ބެލެވޭ ކަރީނާ ކަޕޫރުގެ ތުއްތުދަރިފުޅު އާންމުންނަށް އަވަހަކު ފެންނާނެ ހެންނެއް ހީއެއް ނުވެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!