ޖަޕާންގެ ފުކުޝިމާއަށް 7.3 މެގްނެޓިއުޑް ބާރުމިނުގައި ބިންހެލުމެއް އަތުވެއްޖެއެވެ.
މި ބިންހެލުން އައިސްފައިވަނީ މިރޭގެ ވަގުތެއްގައި ފުކުޝީމާ ޑައިޗީ ނިއުކްލިއަރ ޕަވަރ ޕްލާންޓަށް ސަރަހައްދަށެވެ. ބިންހެލުން އައިސްފައިވަނީ 36 މޭލު ބިމު އަޑިން ކަމަށް މަޢުލޫމާތު ލިބެއެވެ.
މި ބިންހެލުމުގެ ސަބަބުން ވެރިރަށް ޓޯކިޔޯގެ އިމާރާތްތަކަށް ލޮޅުންތަކެއް އަރާފައިވާކަމަށް މީޑިއާތަކުން ވަނީ ރިޕޯޓް ކޮށްފައި ވީނަމަވެސް، މި ބިންހެލުމާއި ގުޅިގެން ސުނާމީއެއް އަތުވެދާނެ ކަމުގެ ބިރުވެރިކަން ނެތް ކަމަށް ޖަޕާންގެ މޫސުމާއި ބެހޭ އިދާރާއިން ބުނެއެވެ.
މީގެ ކުރިން 2011 ވަނަ އަހަރުގެ މާޗް މަހުގެ ތެރޭގައި ހަމަ މި ސަރަހައްދަށް އައި ބިންހެލުމުގެ ސަބަބުން އުފެދުނު ސުނާމީގައި އެ ސަރަހައްދުގައި ހުންނަ ފުކުޝިނާ ނިއުކްލިއާ ޕްލާންޓް ވަނީ ހަލާކުވެފައެވެ.