ދިޕިކާއާ ދިމާއަށް އެއްޗެހި ކިއީ މީހަކަށް ވަރުގަދަ ރައްދެއް ދީފި

ބޮލީވުޑްގެ އެންމެ އަގުބޮޑު ބަތަލާ ދިޕިކާ ޕަޑުކޯނާ ދިމާއަށް މީސްމީޑިއާގައި އެއްޗެހި ކިއީ މީހަކަށް ރައްދުދީފިއެވެ.

35 އަހަރުގެ ބަތަލާ އޭނާގެ އިންސްޓަގްރާމް ސްޓޯރީގައި ހިއްސާކޮށްފައިވާ ސްކްރީންޝޮޓުން ފެންނަނީ، ފޭސްބުކުން ކޮންމެވެސް ފިރިހެނަކު ދިޕިކާއަށް މެސެޖުކޮށްފައި ވަނިކޮށެވެ. އެ މެސެޖުގައި އިނގިރޭސިބަހުން ދިޕިކާއާ ދިމާއަށް ހުތުރު އެއްޗެހި ކިޔާފައިވެއެވެ. އެއަށް ރައްދުދެމުން ދިޕިކާ އެ ސްކްރީންޝޮޓްގެ މަތީގައި ލިޔެފައިވަނީ، އެ މީހާގެ އާއިލާއާއި ރައްޓެހިންނަށް އޭތި ފެނިފައި ވަރަށް ފަޚުރުވެރިވާނެ ކަމަށެވެ. އެއީ އެ މީހާއާ ދިމާއަށް ޖެއްސުމަކަށް އޭނާ ލިޔެފައިވާ އެއްޗެކެވެ.

އެކްޓަރު ރަންވީރު ސިންގާ އިނދެގެން އުޅޭ ދިޕިކާއަކީ ކާމިޔާބު ފިލްމުތަކެއް ކުޅެމުން އަންނަ ބަތަލާއެކެވެ. އެގޮތުން މިހާރުވެސް އޭނާ އަތުގައި ގިނަ ޕްރޮޖެކްޓުތަކެއް އެބަހުއްޓެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!