ތުނބުޅި ބަހައްޓާފައި ތިބޭ އެންމެންނަކީ ހައްދުފަހަނައަޅާފައިވާ ބައެއްކަމަށް ދެކިގެންނުވާނެ: މަހްލޫފް

ތުނބުޅި ބަހައްޓާފައި ހުންނަ އެންމެންނަކީ ހައްދުފަހަނަ އަޅާފައި ތިބޭ ބައެއްކަމަށް ދެކޭ ދެކުން ބަދަލުކުރަންޖެހޭ ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.

އަޝްފާގާއި އަކްރަމްގެ ފޮޓޯ އެއް އާންމުކޮށް ސޯޝަލް މީޑިއާގައި އިއްޔެ މީހަކު ކުރި ޕޯސްޓެއްގައި ވަނީ އެ ދެކުޅުންތެރިންނަކީ ސީރިއާ އަށް ޖިހާދަށް ދާން ތައްޔާރުވާ ދެ ކުޅުންތެރިން ކަމަށާއި މެޗުން ބަލިވެއްޖެނަމަ ދަނޑުވެސް ގޮއްވާލަފާނެ ކަމަށް އެ ޕޯސްޓު ކުރި މީހާ ގާތު އޭނާގެ ރައްޓެއްސަކު ބުނި ކަމަށެވެ.

ޕޯސްޓާއި ގުޅިގެން، ސޯޝަލް މީޑިއާގައި އެ ފޮޓޯ ޕޯސްޓު ކުރި މީހާ އަށް ދަނީ ފާޑު ކިޔަމުންނެވެ.

އެކަމާ ގުޅިގެން މަހްލޫފް ވިދާޅުވީ ޢަލީ އަޝްފާޤާއި، އަކްރަމް ޢަބްދުލްޣަނީއަކީ ބަޠަލުން ކަމަށެވެ. އަދި ތުނބުޅި ބަހައްޓާފައި ތިބޭ އެންމެންނާއި، ބުރުގާއަޅާފައި ތިބޭ އެންމެންނަކީ ހައްދުފަހަނައަޅާފައިވަާ ބައެއްކަމަށް ދެކެވޭ ވިސްނުން ބަދަލުކުރަންޖެހޭކަމަށް ވެސް ވިދާޅުވިއެވެ.

ހަމައެހެންމެ މުޖުތަމަޢުގައި އުޅޭނީ ތަފާތު ވިސްނުމުގެ މީހުން ކަމަށާއި، ޚިޔާލު ތަފާތުވިޔަސް އެއްބަޔަކު އަނެއްބަޔަކަށް އިޙްތިރާމްކުރަންޖެހޭކަމަށް މަޙްލޫފް ވަނީ ވިދާޅުވެފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!