ވަކިމީހެއްގެ ދައްތައަކަށްވުމަކީ ލިބެންޖެހޭ އެއްޗަކުން މަޙްރޫމުވާންވީ ސަބަބެއް ނޫންކަމަށް ފަސްޓްލޭޑީ ފަޒްނާ އަޙްމަދު ވިދާޅުވެއްޖެއެވެ.
ރައީސް ސޯލިހްގެ ދައްތާފުޅު އައިޝަތު އަށް ފްލެޓު ދިނުމާއި ގުޅިގެން ސަރުކާރަށް ގިނަ ބައެެއްގެ ފާޑުކިއުންތައް އަމާޒުވާން ފެށުމާއި ގުޅިގެން އައިޝަތު ފޭސްބުކުގައި ކުރެއްވި ޕޯސްޓްގައި ލިޔުއްވާފައިވަނީ، އެހެން މީހުންނަށް މާތް ﷲ ދެއްވާ ނިއުމަތްތަކަށް ހަސަދަވެރިވެ މީހުންގެ އަބުރު ވެއްޔާއި މޮޑެެެލުމަށް މަސައްކަތްކޮށް ކުރިއެރުން ލިބޭނެެ ކަމަށް ދެެކެނީ މޮޔައިން ކަމަށެެވެ.
އައިޝަތު ފޭސްބުކުގައި ކުރެއްވި ޕޯސްޓަކަށް ފަޒުނާ ކުރެއްވި ކޮމެންޓްގައި ލިޔުއްވާފައިވަނީ، އައިޝަތު މިހެން ވިދާޅުވަނީ ފްލެޓު މައްސަލައާ ގުޅިގެެން ކަަމަށް ވާނަަމަ ފްލެޓު އޭނާއަށް ހައްގު ކަމަށެވެ. އަދި ތައުލީމީ ދާއިރާގައި އޭނާ 38 އަހަރު ހޭދަކުރައްވާފައިވާ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ. އަދި މީހެއްގެ ދައްތައަކަށްވުމުން ލިބެންވާ އެއްޗަކުން ޑިސްކޮލިފައިވެގެން ނުވާނެކަމަށްވެސް ވަނީ ވިދާޅުވެފައެވެ.