މާލޭގެ ގެއެއްގެ ތެރޭގައިމަރުވެފައި އޮތް ދުވަސްވީ މީހަކު ފެނިއްޖެއެވެ.
މަރުވެފައި އޮތީ 61 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް މަޢުލޫމާތު ލިބެއެވެ. އަދި ފުލުހުންނަށް މިކަމުގެ މަޢުލޫމާތު ލިިބިފައިވަނީ މިރޭ 22:45 ހާއިރު ކަމަށް ފުލުހުން ވިދާޅުވިއެވެ.
މަރުވެފައި އޮތް މީހާގެ ހަށިގަނށޑު ފެނިފައިވަނީ ގަލޮޅުގައި ހުންނަ ގެއަކުން ކަމަށް ފުލުހުން ހާމަކުރެއްވިއެވެ.
ފުލުހުންނާއި ސިފައިން ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރި ވަމުންނެވެ.