މާލެ ސަރަހައްދުގައި ގްރޭޑް 6 އިން ދަށުގެ ކިޔެވުން އޮންލައިންކޮށް

ކޮވިޑް-19 ގެ ކޭސްތައް އިތުރުވަމުން ދާތީ، ކުރިއަށް އޮތް ދެ ހަފްތާއަށް މާލޭ ސަރަޙައްދުގެ ސްކޫލްތަކުގައި ގްރޭޑު 1 އިން 6 އެއްގެ ކިޔެވުން އޮންލައިންކޮށް ކުރިއަށް ގެންދިއުމަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިރޭ ނެރުނު އިއުލާނެއްގައި ބުނީ، މާލެ ސަރަހައްދުގައި ކޮވިޑް-19 ގެ ކޭސްތައް އިތުރުވަމުން އަންނާތީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ އިރުޝާދުގެ ދަށުން ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި އަޅާ ފިޔަވަޅެއްގެ ގޮތުން ދެ ހަފްތާ އަށް މާލެ ސަރަހައްދުގެ ސްކޫލުތަކުގެ ގްރޭޑް 6އިން ދަށުގެ ކިޔެވުން އޮންލައިން ކުރިޔަށް ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ.

އެޗްއީއޯސީ އިން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޓެގް ޓީމުގެ އިސްވެރިޔާ ޑރ. އަލީ ލަތީފު ވަނީ ސްކޫލުތައްބަންދު ކުރަން ޖެހިއްޖެ ހާލަތަށް ދިއުމުން އެކަންވެސް ކުރާނެ ކަމަށް ވިދާޅުވެފައެވެ.

ކޮވިޑް-19 ގެ ކޭސްތައް ގިނަވަމުން ދާތީ، އެޗްޕީއޭ އިން އަންނަނީ ފިޔަވަޅުތައް ވަރުގަދަ ކުރަމުންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!