ޕްރިޔަންކާގެ ޒުވާން އުމުރުގައި ވަރަށް ރަނގަޅު ލޯބިވެރިޔަކު ލިބުނު!

ޕްރިޔަންކާ ޗޯޕްރާ ގެ ފޮތް “އަންފިނިޝްޑް” ގައި އޭނާގެ ހަޔާތާއި ބޭހޭގޮތުން ގިނަ ވާހަކަތަކަކެއް ވަނީ ހާމަކޮށްފައިއެވެ. ޕްރިޔަންކާގެ ދިރިއުޅުމުގައި ދިވާމެފައިވާ އެތަށް ހާދިސާތަކެއްމި ފޮތުން އެގިގެން ދާނެއެވެ.

މިފޮތުގައި ޕްރިންކާ ލިޔެފައިވާ ގޮތުގައި އޭނާގެ ހަޔާތުގައި ވަނީ ވަރަށް ރަނގަޅު ފިރިހެނަކާ ދިމާވެފައިއެވެ. ނަމަވެސް ނަން ހާމަކޮށްފައިއެއް ނުވެއެވެ. އޭނާގެ އުމުރުން 20—30ގެ އަހަރުގައި އޭނާގެ ހަޔާތަށް އައި މި މީހާއަކީ ވަރަށް ރަނގަޅުމީހެއް ކަން ވަނީ އޭނާގެ ފޮތުގައި ހާމަކޮށްފައިއެވެ. ނަމަވެސް އެގުޅުން 3 އަހަރެއްހައި ދުވަސްތެރޭގައި ނިމުމަކަށް އައިސްފައިވާކަމަށް ވެސް އެ ފޮތުގައި ވެއެވެ. މީގެ އިތުރުން ވެސް ޕްރިޔަންކާގެ ހަޔާތަށް އިތުރު ބައިވެރިންވެސް އައިސްފައި ވެއެވެ.

ޕްރިޔަންކާ ކައިވެނި ކޮށްފައިވަނީ 2018ވަނަ އަހަރުގައި ހޮލީވުޑްގެ ލަވަކިއުންތެރިޔާ އަދި އެކްޓާރ ނިކް ޖޯނަސް އާއިއެވެ. މި ފަހުން ޓްވިޓާގައި ނިކް ބުނެފައިވާގޮތުގައި ޕްރިޔަންކާގެ މާޒީގެ ލޯބީގެ ގުޅުންތަކާ ބެހޭގޮތުން އެ ދެމީހުން ވަނީ ވާހަކަ ދައްކާފައިއެވެ. ނަމަވެސް ފޮތަކުން މިގޮތަށް އެ ވާހަކަތަށް ކިއުމަކީ ވަރަށް މަޖާ ކަމެއްކަމަށް ވެސް އޭނާ ވަނީ ބުނެފައިއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!