މީރާގެ ފެވަރިޓް ދިވެހި ކެއުމަކީ ކޮބައިކަން އެނގޭތަ؟

މަޝްހޫރު ދިވެހި ލަވަކިޔުންތެރިޔާ، މީރާ މުހައްމަދު މާޖިދު، އޭނާއަށް އެންމެ ކަމުދާ ދިވެހި ކެއުމަކީ ކޮބައިކަން ހިއްސާކޮށްފިއެވެ.

މީރާއަކީ މީސްމީޑިއާގައި ވަރަށް ހަރަކާތްތެރި ފަންނާނެކެވެ. އަދި އޭނާ އަންނަނީ ދޭތެރެދޭތެރެއިން އިންސްޓަގްރާމްގައި ސުވާލާއި ޖަވާބުގެ ސެޝަން ހުޅުވައިލައި، ފޭނުންނަށް ސުވާލުކުރުމުގެ ފުރުސަތު ދެމުންނެވެ. އޭގެތެރެއިން މިދިޔަ ބުދަ ދުވަހު އިންސްޓަގްރާމް ސްޓޯރީގައި ކުރިއަށްދިޔަ “އާސްކް މީ” ސެޝަންގައި ފޭނަކު މީރާއާ ކުރި ސުވާލަކީ، މީރާއަށް އެންމެ މީރީ ޕިއްޒާ ތޯ ނުވަތަ ދިވެހި ކެއުންތޯ އެވެ.

އެ ސުވާލަށް ޖަވާބުދެމުން މީރާ ބުނީ، ދިވެހި ކެއުންތަކުގެ ތެރެއިން ރިހާކުރާ ބަތާ ވާދަކޮށްލެވޭ ވަރުގެ ޕިއްޒާއެއް ނުހުންނާނެ ކަމަށެވެ. ނަމަވެސް ބައެއް ދިވެހި ކެއުމަށްވުރެ ޕިއްޒާ އޭނާއަށް މީރު ކަމަށް ބުނެފައިވެއެވެ. އެހެންކަމުން މީރާއަށް އެންމެ މީރު ދިވެހި ކެއުމަކީ ރިހާކުރާ ބަތާ ކަން ވަނީ ހާމަވެފައެވެ.

މީރާ އަންނަނީ އޭނާގެ އަމިއްލަ އަލްބަމެއް ނެރުމުގެ ތައްޔާރީތައް ވަމުންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!