ބިގް ބޮސް 14: ބިޕާޝާ ބާސޫގެ ތާއީދު ރުބީނާއަށް

ކަލާޒް އިން ގެނެސްދޭ މަޤުބޫލު ރިއަލިޓީ ޝޯ “ބިގް ބޮސް 14” ނިމެން ކައިރިވެފައިވާއިރު، އެ ޝޯއިން ތާއީދުކުރާ ބައިވެރިއަކީ ރުބީނާ ދިލެއިކް ކަމަށް ބޮލީވުޑްގެ މަޝްހޫރު ބަތަލާ ބިޕާޝާ ބާސޫ ހާމަކޮށްފިއެވެ.

42 އަހަރުގެ ބަތަލާ އިންސްޓަގްރާމް ސްޓޯރީގައި ހިއްސާކުރި ރުބީނާގެ ފޮޓޯއަކާއެކު ބުނީ ރުބީނާއަކީ ވަރަށް ހިތްވަރުގަދަ، ވަރުގަދަ ބައިވެރިއެއް ކަމަށާއި، މިފަހަރުގެ ސީޒަނުން އެއްވަނަ ހައްގުވަނީ އޭނާއަށް ކަމަށެވެ. މީގެ އިތުރުން ބިޕާޝާ ވަނީ ރުބީނާއަށް ކާމިޔާބީއަށް އެދިފައެވެ.

މަޝްހޫރު ޓީވީ އެކްޓްރެސް ރުބީނާ ދިލެއިކް އަކީ “ބިގް ބޮސް 14” އިން އެންމެ ގިނަ ބައެއްގެ ތާއީދު ލިބިފައިވާ އެއް ބައިވެރިޔާއެވެ. އަދި މިހާތަނަށް ދެގޮތެއްނުވެ “ބިގް ބޮސް” ގެ ގެއިން ނުނިކުމެ ހުރި ބައިވެރިއަކީ ވެސް ހަމައެކަނި ރުބީނާއެވެ.

“ބިގް ބޮސް 14” ނިމެން މިހާރު ވަނީ އެންމެ 2 ހަފްތާއަށް ވެފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!