މީ ކާކުކަން އެގިއްޖެ ނަމަ ގަބޫލު ކުރަންވެސް ދަތިވާނެ!

ޕޮޓޯއިން ތިޔަ ފެންނަނީ ކާކުކަން އެނގޭ ހެއްޔެވެ؟ ތީ މިހާރު ގިނަ ފިރިހެނުން ގެ ހިތުގެ ރާނީ އެވެ. އަދި އަންހެން ކުދިންގެ ސުޕަ މޮޑެލްއެވެ. މިހާރު އެނގިއްޖެ ހެއްޔެވެ.؟

ފޮޓޯއިން ފެންނަ ކުޑަކުޑަ ކުއްޖާއަކީ މިހާރު ޒުވާން ތަރިއެކެވެ. މީ ރާއްޖޭގެ ނަންބަރު ވަން މޮޑެލް ކައިޒީން (ކައި) އެވެ. ސޯޝަލް މީޑިއާގައި ވަރަށް ހަރާކާތެރި ގިނަ ބަޔަކު ފޮލޯ ކުރާ ކައި ވަނީ ބައެއް އިޝްތިހާރު ތަކުންވެސް ފެނިގެން ގޮސްފައިއެވެ.

ކުޑައިރުގެ ހަދާންތަށް އާ ކުރަމުން ކައި އިސްޓަގްރާމްގައި ކޮށްފައި ވާ ޕޯސްޓުގައި އެކި އުމުރުގެ ފޮޓޯތަށް ވަނީ ޝެއާ ކޮށްފައިއެވެ.

މި ފޮޓޯތަށް ހިއްސާ ކުރަމުން ކައި ބުނެފައިވަނީ އަބަދުވެސް ފޮޓޯ ނެގުމަށް ލޯބި ކުރާކަމަށެވެ. އަދި މަންމަ އޭނާގެ ހެދުންތަށް ފަހައި ދޭކަމަށްވެސް ބުނެފައިވެއެވެ. އަދި އޭނާ މިހާރު ހުރި މަގާމަށް އާދެފައި ވަނީ މައިންބަފައިންގެ ސަބަބުން ކަމަށާއި އެކަމަށް ޝުކުރުވެރި ވާކަމަށް ވެސް ބުނެފައިވެއެވެ.

މީގެ އިތުރުން ފޭނުން ދެމުން ގެންދާ ސަޕޯޓަށްވެސް އޭނާ ވަނީ ޝުކުރު އަދާކޮށްފައިއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!