ޖާންވީ މި އުޅެނީ ރިކްޝާ ދުއްވަން

ބޮލީވުޑްގައި އަރަމުންއަންނަ ބަތަލާ ޖާންވީ ކަޕޫރު އޮޓޯ ރިކްޝާ ދުއްވާ ވީޑިއޯ އެއް އޭނާގެ އިންސްޓަގްރާމްގައި ހިއްސާކޮށްފިއެވެ. ޖާންވީ ގެ މި ވީޑިއޯކޮޅުން ފެނިގެންދަނީ ކުރޫގެ ބައެއް މެމްބަރުން އަރުވައިގެން “ބެޓެރި ރިކްޝާ” އެއް ދުއްވާތަނެެވެ.

މި ވީޑިއޯ އަކީ ޕަންޖާބުގައި ޖާންވީ ޝޫޓް ކުރަމުންދިޔަ ފިލްމު ގުޑްލަކް ޖެރީގެ ސެޓުގައި ނަގާފައިވާ ވީޑިއޯއެކެވެ. ޖާންވީ ރިކްޝާ ދުއްވަމުން ދިޔައިރު ފަހަތުގައި ކުރޫ މެމްބަރުން ތިބެ ހަޅޭއްލަވާ އަޑުވެސް އިވެއެވެ.

ޖާންވީ ކަޕޫރުގެ ގުޑްލަކް ޖެރީގެ ޝޫޓިން ވަނީ 3 ވަނަފަހަރަށް ހުއްޓިފައިއެވެ. ޖާންވީގެ މި ފިލްމު ހުއްޓާލަން ޖެހުނީ ޕަންޖާބުގެ ދަނޑުވެރިންގެ ސަބަބުންނެވެ. ދަނޑުވެރިން ބުނާގޮތުގައި އިތުރަށް މި ފިލްމުގެ ޝޫޓިންގ ކުރިޔަށްގެންދެވޭނީ ޖާންވީގެ ފަރާތުން ދަނޑުވެރިންނާއި އެއްކޮޅަށް ބަޔާން އެއް ނެރުމުންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!