ޑްރާމާ ސީރީޒް ތަކުން ބޮޑު މަގުބޫލު ކަމެއް ހޯދައިފައިވާ ބަތަލާ އަނީތާ ހަސަންދާނީއަށް ފުރަތަމަ ދަރިފުޅު ލިބިފައިވަނީ މި ހަފްތާގެ އަންގާރަ ދުވަހުގައިއެވެ.
އޭގެ އެއްދުވަސް ފަހުން އަނީތާ ގެ ފިރިމީހާ ރޯހިތު ރެއްޑީ ވަނީ އިންސްޓަގްރާމް މެދުވެރިކޮށް އަނީތާ އަށް ފިރިހެން ކުއްޖަކު ލިބިފައިވާ ކަމަށް އިއުލާންކޮށްފައިއެވެ.
މީ ދެމަފިރިންގެ ފުރަތަމަ ދަރިފުޅެވެ. އިއްޔެގެ ވަގުތެއްގައި ރޯހިތު ވަނީ ދަރިފުޅުގެ ފޮޓޯއެއް ވެސް ހިއްސާކޮށްފައިއެވެ. މި ފޮޓޯއިން ފެނިގެންދަނީ ތުއްތު ތުއްތު ކުއްޖެއްގެ އަތެވެ.

އަނީތާ އަކީ ސޯޝަލް މީޑިއާގައި ވަރަށް ހަރަކާތެރި ތަރިއެކެވެ. ގިނަ ސީރީޒް ތަކެއް ކުޅެ ބެލުންތެރިންގެ މަގުބޫލުކަން ހޯދި މި ބަތަލާ ވަނީ ބޮލީވުޑް ގެ ބައެއް ފިލްމުތަކުން ވެސް ފެނިގެން ގޮސްފައިއެވެ.
އަނީތާ ކުޅެފައިވާ ބައެއް މަގުބޫލު ސީރީޒް ތަކުގެ ތެރޭގައި “ނާގިން” އާއި “ޔޭ ހޭ މޮހަބައްތޭން” އާއި “ޔޭ ހޭ އާޝިގީ” އާއި “ކިޔޫ ކީ ސާސް ބީ ކަބީ ބަހޫ ތީ” ފަދަ އެތައް ސިލްސިލާއެއް ހިމެނެ އެވެ.