ހުކުރު ދުވަހު އިިދިކޮޅުގެ ބޮޑު އެއްވުމެއް

މާދަމާ މާލެ ސިޓީގައި ބޮޑު އެއްވުމެއް ކުރިއަށް ގެންދާނެ ކަމަށް އިދިކޮޅު ޕްރޮގްރެސް ކޮންގްރެސް ކޯލިޝަނުން ބުނެފި އެވެ.

އެ ކޯލިޝަނުން ބުނީ ހުކުރު ދުވަހު ހަވީރު ބޮޑު އެއްވުމަކަށް ނުކުންނަނީ ސަރުކާރުން ރައްޔިތުންނަށް އަނިޔާވެރި ވަމުންދާތީ ކަމަށެވެ. ހާއްސަކޮށް ހިޔާ މަޝްރޫއުގެ ދަށުން ކުރީ ސަރުކާރުން އިމާރާތްކުރި 7،000 ފްލެޓް ހައްގުވެރިންގެ އަތުން އަތުލާފައިވާތީ އެކަމާއި ދެކޮޅަށް އަޑުއުފުލާނެ ކަމަށް ބުންޏެވެ. އެއްވުން ބާއްވަނީ “މަގޭ ފްލެޓް ކޮބާ” ނަމުގަ އެވެ.

އަދި ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލުމާއި އިންސާފުވެރި އިންތިހާބެއް ބާއްވާން ވެސް އެއްވުމުގައި ގޮވާލާނެ އެވެ.

މި ދުވަސްވަރަކީ ކޮވިޑް ފެތުރޭ މިންވަރު ވަރަށް ބޮޑަށް އިތުރުވެ އެއްވުންތަކާއި ޖަލްސާތައް ބޭއްވުން މަނާ ދުވަސްވަރެކެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!