ނިކް އެންމެ ފުރަތަމަ ޕްރިޔަންކާއަށް މެސެޖު ކުރުމުން ކަންތައް ކުރި ގޮތް މިއޮތީ!

ޕްރިޔަންކާ ޗޯޕްރާ އާއި ނިކް ޖޯނަސްގެ ޖޯޑަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުން އެތައް ބަޔަކު ފޮލޯ ކުރަމުން އަންނަ ސެލެބްރިޓީ ޖޯޑެކެވެ. ދެތަރިން ދިމާވެ، ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ މާ ގިނަ ދުވަސްތަކެއް ނުވަނީސް ކައިވެނި ކުރުމަކީ ވެސް މި ޖޯޑު ފޭނުންނަށް ޙާއްސަވި ސަބަބެކެވެ. މިހާރު ޕްރިޔަންކާ ވަނީ، އެ ގުޅުން ފެށިގެން އައި ގޮތް އޭނާގެ ބަޔޮގްރަފީ ފޮތް ‘އަންފިނިޝްޑް’ ގައި ލިޔެ ހިއްސާކޮށްފައެވެ.

އަންގާރަ ދުވަހު ޕަބްލިޝްކުރި އެ ފޮތުގައި ޕްރިޔަންކާ ކިޔައިދީފައިވާ ގޮތުގައި، 2015 ވަނަ އަހަރު ނިކް އެންމެފުރަތަމަ ޕްރިޔަންކާއަށް “ޑީއެމް” (ޑައިރެކްޓު މެސެޖު) ކުރުމުން، އޭނާ ކުރި ކަމަކީ ނިކްގެ ނަން ގޫގްލް ކުރުމެވެ. އެއީ އޭނާއަށް ނިކް އަކީ ކާކުކަން ނޭނގޭތީ ނޫން ކަމަށާއި، އިތުރު މަޢުލޫމާތު ހޯދަން ކަމަށް ޕްރިޔަންކާ ބުނެފައިވެއެވެ.

ނިކްގެ ނަން ގޫގްލް ކުރުމުގެ ތެރޭގައި “ކްލޯޒް” ނަމަކަށް ކިޔާ އޭނާގެ ވީޑިއޯ ލަވައެއް ފެނިގެން ޕްރިޔަންކާ ކޮންމެވެސް ވަރަކަށް ނިކް އާ މެދު ހިތްހަމަޖެހުނު ކަމަށް ބުންޏެވެ. ” އެ ލަވަ ބަލާފަ އަހަރެން ހިތަށް އެރީ ޑޭޓް އަކަށް ދިޔުން ގޯހެއް ނުވާނެޔޭ ނިކް އާ އެކީ”، ޕްރިޔަންކާ ލިޔެފައިވެއެވެ.

ނިކް އާއި ޕްރިޔަންކާ 2015 ވަނަ އަހަރުން ފެށިގެން މެސެޖުގެ ޒަރިއްޔާއިން ވާހަކަ ދެއްކަމުން އައިސް، އެންމެފަހުން ހަމަލޮލަށް ދިމާވެފައިވަނީ 2017 ވަނަ އަހަރު އޮތް ‘ވެނިޓީ ފެއާ އޮސްކާ އެވޯޑު’ ގެ ފަހުން އޮތް ޕާޓީގައެވެ. އެހިސާބުން ދެމީހުންގެ ގުޅުން އެހެން ހަރުފަތަކަށް ދަތުރުކޮށް، މާ ގިނަ ދުވަސްތަކެއް ނުވަނީސް ކައިވެނިކުރަން ނިންމިއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!