ސުޝްމީތާ އާއި ރޯމަން ރުޅިވީތަ؟

ބޮލީވުޑް ބަތަލާ ސުޝްމިތާ ސެން، ދުވަސްތަކެއް ވަންދެން ރައްޓެހިވެގެން އުޅުނު މޮޑެލް ރޯމަން ޝޯލް އާ ރުޅިވެއްޖެ ކަމަށް ބައެއް މީޑިއާތަކުން ބުނަން ފަށައިފިއެވެ.

އިންޑިއާގެ މުނިފޫހިފިލިުވުމުގެ ޚަބަރުތައް ގެނެސްދޭ ބައެއް ނޫސްތަކުން އެގޮތަށް ރިޕޯޓުކޮށްފައިވަނީ 45 އަހަރުގެ ބަތަލާ އިއްޔެ އިންސްޓަގްރާމްގައި ހިއްސާކުރި ޕޯސްޓަކާ ގުޅިގެންނެވެ. އެ ޕޯސްޓުގައި ވަނީ، ފިރިހެނުން ދުވަހަކުވެސް ބަދަލު ނުވާނެ ކަމަށެވެ. އަދި މައްސަލައަކީ، ފިރިހެނުން ބަދަލުވާނެ ކަމަށް އަންހެނުންނަށް ހީކުރެވުން ކަމަށާއި، ފިރިހެނުންގެ މައްސަލައަކީ އަންހެނުން އެމީހުން ދޫކޮށްފައިވާ ނުދާނެ ކަމަށް ހީކުރެވުން ކަމަށް ސުޝްމިތާ ހިއްސާކުރި ލިޔުންކޮޅުގައި ވެއެވެ.

މި ޕޯސްޓާއެކު، ގިނަ މީހުން ބުނަމުން އަންނަނީ ސުޝްމިތާ އާއި ރޯމަން ރުޅިވީ ކަމަށެވެ. ނަމަވެސް މި ޚަބަރު މިހާތަނަށް ކަށަވަރެއް ނުވެއެވެ.

ސުޝްމިތާ، އޭނާއަށްވުރެ 16 އަހަރު ހަގު ރޯމަން އާ ރައްޓެހިވެގެން އުޅޭކަން ޔަގީންވެފައިވަނީ އެދެމީހުން މީސްމީޑިއާގައި އެކަކު އަނެކަކު ފޮޓޯތައް ހިއްސާކުރަން ފެށުމުންނެވެ. އަދި ދެމީހުން ވަނީ އެ ގުޅުމާ ބެހޭގޮތުން އެކި އިންޓަވިއުތަކުގައި ވެސް ވާހަކަދައްކައިފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!