ފޮޓޯ: ގޫގުލް

ހުކުރު ވިލޭރޭ ހުޅުމާލެއިން ފެން ކެނޑޭނެ

ހުކުރު ވިލޭރޭ ހުޅުމާލެއިން ހަތަރު ގަޑީރައް ފެން ކެނޑޭނެކަމަށް އެމްޑަބްލިޔުއެސްސީ އިން ބުނެފިއެވެ.

އެ ކުންފުނިން ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ފެން ކަނޑާލަނީ ހުޅުމާލެ މެއިން ވޯޓާ ޑިސްޓްރިބިއުޝަން ސިސްޓަމްގެ އަޕްގްރޭޑިންގްގެ މަސައްކަތެއް ކުރުމަށްކަމަށެވެ. 

ފެން ކަނޑާލާނީ ބުރާސްފަތި ދުވަހުގެ 23:00 އިން ފެށިގެން މެންދަމު 03:00 އަށް ހުޅުމާލެ ފޭސް 1 އަދި ފޭސް 2 ހުރިހާ ސަރަހައްދަކުންނެވެ. 

އެހެންކަމުން ހުޅުމާލެ ފޭސް 1 އަދި ފޭސް 2 ސަރަހައްދުގައި އެމްޑަބްލިޔުއެސްސީ ގެ ފަރާތުން ދެމުން ގެންދާ ފެނުގެ ހިދުމަތް އެ ގަޑީގައި މެދުކެނޑޭނެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!