ބިގް ބޮސް 14: އަލީއަށް ޖޭސްމިން ދިން ޖެކެޓުގެ އަގުން ހައިރާންވާނެ!

“ބިގް ބޮސް 14” ގެ ބައިވެރިއެއް ކަމަށްވާ އަލީ ގޯނީއަށް، އޭނާގެ އުފަންދުވަސް އަންނަން ވާއިރަށް “އެޑްވާންސް” ކޮށް ލޯބިވެރިޔާ ޖޭސްމިން ބަސީން ، އަގުބޮޑު ޖެކެޓެއް ގަތްންދީފިއެވެ.

މިހާރު “ބިގް ބޮސް” ގެ ގޭގައި ބާކީ ތިބި 7 ބައިވެރިންނަށް އެއްބާރުލުން ދިނުމުގެ ކޮންމެ ބައިވެރިއެަކަށް އެމީހެއްގެ ގާތް މީހަކު އައިސްފައިވާއިރު، އަލީއަށް އައީ ޖޭސްމިން އެވެ. ޖޭސްމިން އަކީ މީގެކުރިން “ބިގް ބޮސް 14” ގައި އުޅުނު ބައިވެރިއެކެވެ. ނަމަވެސް އާންމުންގެ ވޯޓު މަދުވެގެން ޖޭސްމިން ވަނީ އޭރު ޝޯއިން ކަޓައިފައެވެ.

ޖޭސްމިންގެ އެނބުރި އައުމާއެކު އޭނާ ވަނީ އަލީ އަށް ޙާއްސަ ހަދިޔާއެއް ގެނެސްފައެވެ. އެއީ ގޫޗީ ބްރޭންޑުގެ އަގުބޮޑު ޖެކެޓެކެވެ. ‘ބޮލީވުޑްލައިފް’ އިން ރިޕޯޓުކުރާ ގޮތުގައި، އެ ޖެކެޓުގެ އަގަކީ 1400 ޑޮލަރެވެ. އިންޑިއަން ރުޕީސް އިން ގުނާނަމަ އެ ޖެކެޓުގެ އަގު 1 ލައްކަ ރުޕީސް އަށް އަރައެވެ. މި އަގަކީ، އެންމެ ޖެކެޓަކަށް ވަރަށް ބޮޑު އަގެއް ކަން ފާހަގަކުރެވެއެވެ.

ހުދު ކުލައިގެ މި ޖެކެޓު، ޖޭސްމިން އަލީއަށް ދައްކައިލުމުން އަލީ ވަނީ އިންތިހާއަށް އުފާވެފައެވެ. އަދި އެ ޖެކެޓު އޭނާ ލާނީ އޭނާެގެ އުފަންދުވަހު ކަމަށް ބުނުމުން ޖޭސްމިން ބުނީ، އުފަންދުވަހަށް އަދި އެހެން ހަދިޔާއެއް ތައްޔާރުކޮށްފައިވާނެ ކަމަށެވެ. އެހެންކަމުން އުފަންދުވަހުގެ ކުރިން، ޝޯގައި ގޫޗީ ޖެކެޓު ލުމަށް ޖޭސްމިން ވަނީ އެދިފައެވެ.

“ބިގް ބޮސް 14” ގައި މިހާރު ތިބި ބައިވެރިންނަކީ އަލީ ގޯނީ، ރުބީނާ ދިލެއިކް، އަބިނަވް ޝުކްލާ، ނިކީ ތަމްބޯލީ، ރާހުލް ވެއިދްޔާ، ރާކީ ސާވަންތު އަދި އޭޖާޒް ޚާންގެ ޕްރޮކްސީގެ ގޮތުގައި ގެނެސްފައިވާ ދެވޮލީނާ ބަޓަޗަރަޖީ އެވެ. ނަމަވެސް މީގެތެރެއިން އަބިނަވް ޝުކްލާ، މިރޭގެ އެޕިސޯޑުގައި ވަނީ ކަޓައިގެން ގޮސްފައެވެ. އޭނާ ކެޓީ ބައިވެރިންނަށް ސަޕޯޓުކުރަން ގެެނެސްފައިވާ ފަރާތްތަކުގެ ވޯޓުންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!