ދެވަނަ ދަރިފުޅަށް ބަލިވެ އިން ބޮލީވުޑްގެ މަޝްހޫރު ބަތަލާ ކަރީނާ ކަޕޫރު ވިހާނީ ލޯބިވެރިންގެ ދުވަހު (ފެބްރުއަރީ 14( ގައި ކަމަށްބުނެ ބައެއް މީޑިއާތަކުގައި ދެކެވެމުން އައި ވާހަކައަށް ކަރީނާގެ ބައްޕަ ރަންދީރް ކަޕޫރު ރައްދުދީފިއެވެ.
ކަރީނާ ވިހާނެ ތާރީޚާ ބެހޭގޮތުން ނޫހަކުން ސުވާލުކުރުމުން ރަންދީރު ބުނީ، ޑޮކްޓަރު ދީފައި އިން ތާރީޚަކީ ފެބްރުއަރީ 15 ކަމަށެވެ. އެހެންކަމުން އެހާ ތާނގައި ވިހާނެ ކަމަށް ބެލެވޭ ކަމަށް ބުންޏެވެ.
ކަރީނާގެ ބަނޑަށް މިހާރު ވަނީ 9 މަސް ފުރިފައެވެ. އަދި އަންނަ ހަފްތާގެ ތެރޭގައި ކަރީނާ ވިހާނެ ދުވަހެއްގައި އިންތިޒާރު، އޭނާގެ ފޭނުންނާއި އިންޑިއާގެ މީޑިއާތަކުން އަންނަނީ ކުރަމުންނެވެ.، ކަރީނާއާއި ސައިފް އަލީ ޚާންގެގެ އަލަތު ދަރިފުޅު ތައިމޫރު އަލީ ޚާން ޕަތައުޑީ އަކީ މިހާރުވެސް މީޑިއާތަކުގެ ލޯ އަމާޒުވެފައި ކުއްޖެކެވެ.