ސިނަމާތައް މިހާރު ހީވަނީ ޤަބުރުސްތާނުތަކެއް ހެން: ސަލްމާން ޚާން

ކޮވިޑް-19 ގެ ސަބަބުން އިންޑިއާގައި ފިލްމު އަޅުވާ ސިނަމާތައް ބަންދުކޮށްފައި ހުރުމުން، މިހާރު އެތަންތަން ހީވަނީ ޤަބުރުސްތާނުތަކެއް ހެން ކަމަށް މަޝްހޫރު އެކްޓަރު ސަލްމާން ޚާން ބުނެފިއެވެ.

ކޮރޯނާވައިރަސް ފެތުރުން ހުއްޓުވުމުގެ ގޮތުން މިދިޔަ އަހަރުގެ މާޗު މަހު އިންޑިއާ ލޮކްޑައުން ކުރިފަހުން ސިނަމާތައް އޮތީ ފަޅުވެފައެވެ. ސަލްމާން ޚާން ވަނީ މިކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށްފައެވެ. އެގޮތުން ‘އިންޑިއަން ޕްރޯ މިއުޒިކް ލީގު’ ގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަމުން 55 އަހަރުގެ އެކްޓަރު ބުނީ، އޭނާގެ އަތުގައި ނިމިފައި އޮތް 3 ފިލްމު މިހާރުވެސް އެބައޮތް ކަމަށާއި، އެ ފިލްމުތައް އަޅުވާނެ ތަނެއް ނެތުމަކީ ހިތާމަހުރި ކަމެއް ކަމަށެވެ.

މީގެ އިތުރުން، ފިލްމު ނާޅުވައި ގިނަ ދުވަސްތަކެއް ވެފައިވާތީ ގިނަ ސިނަމާތައް ބަންދުކޮށްފައިވާ ކަމަށާއި، އެއީ ވެސް ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށް ސަލްމާން ބުންޏެވެ. އޭގެ ސަބަބެއް ކަމަށް ސަލްމާން ބުނީ، ފިލްމުތައް ނާކާމިޔާބު ވުމުގެ ފުރުސަތު ވެސް އެބައޮތް ކަމަށެވެ. “ސިނަމާތައް ހިންގާ މީހުން ބަރޯސާވަނީ އަހަރެމެންނަށް (އެކްޓަރުން/ފިލްމު ހަދާ ފަރާތްތަކަށް) ، ހަމަ އެގޮތަށް އަހަރެމެން ވެސް އެމީހުންނަށް ބަރޯސާވޭ”، ސަލްމާން ފާހަގަކުރިއެވެ.

ސަލްމާން އަންނަނީ މި ފިތުރު ޢީދުގައި އޭނާގެ “ރާދޭ” ފިލްމު އަޅުވަން މަސައްކަތް ކުރަމުންނެވެ. އަދި މި ފިލްމަކީ އިންޑިއާގެ ސިނަމާތައް އަލުން ހުޅުވައިލަދޭ ފިލްމަށް ވެގެންދާނެ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!