ޝެހެނާޒް ސްނޯތަކުގެ މައްޗަށް ވެއްޓޭ ވީޑިއޯ މަޖާ ދޯ!

“ބިގް ބޮސް 13” ގައި ބައިވެރިވެގެން ގިނަ ބައެއްގެ ލޯބި ހޯދާފައިވާ ޕަންޖާބުގެ ލަވަކިޔުންތެރިޔާ/އެކްޓްރެސް ޝެހެނާޒް ގިލް މިހާރު އަންނަނީ ކަޝްމީރުގައި، ލަވައެއްގެ ޝޫޓު ކުރަމުންނެވެ. އިންޑިއާގެ މަޝްހޫރު ރެޕް ލަވަކިޔުންތެރިޔާ ބާދްޝާހު އާއެކު މަސައްކަތް ކުރާ އެ ލަވައިގެ ޝޫޓިންގައި އުޅެނިކޮށް، ޝެހެނާޒް ކަޝްމީރުގެ ސްނޯތަކުގެ މައްޗަށް ވެއްޓޭ ވީޑިއޯއެއް ދާދިފަހުން ވަނީ ހިއްސާކޮށްފައެވެ.

ޝެހެނާޒްގެ އިންސްޓަގްރާމް އެކައުންޓުގައި ހިއްސާކޮށްފައިވާ އެ ވީޑިއޯއަށް 4 ލައްކައަށްވުރެ ގިނަ ލައިކު ލިބިފައިވާއިރު، ގިނަ ބަޔަކު އަންނަނީ އެ ވީޑިއޯ ވަރަށް މަޖާ ކަމަށް ބުނަމުންނެވެ. ސަބަބަކީ، ފައި އޮޅިގެން ޝެހެނާޒް ވެއްޓޭއިރު އޭނާގެ މޫނުމަތިން ފެންނަ ކުލަވަރުންނެވެ. އެގޮތުން، ވެއްޓުމުންނެވެސް ޝެހެނާޒް ހުންނަނީ ވަރަށް ހިނިއައިސްފައެވެ.

27 އަހަރުގެ އެކްޓްރެސް ބޮޑަށް މަޝްހޫރުވެގެން ދިޔައީ ވެސް، އޭނާގެ މަޖާޒީ މިޒާޖުގެ ސަބަބުންނެވެ. ޝެހެނާޒަކީ “ބިގް ބޮސް” ގެ ތާރީޚުގައި ވެސް އެންމެ ގިނަ ބައެއްގެ ލޯބި ލިބުނު އެއް ބައިވެރިޔާއެވެ. މީގެ އިތުރުން، ޝޯގެ ހޯސްޓު ސަލްމާން ޚާނަށް ވެސް ޝެހެނާޒް ވަނީ ވަރަށް ކަމުގޮސްފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!