ރާއްޖޭޭގައި ހުރެގެން އާލިއާ މި ނަށަނީ ކޮން ލަވައަކަށް؟

މިވަގުތު ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންދާ ބޮލީވުޑް ބަތަލާ އާލިއާ ބަޓް، ރައްޓެހިންނާއެކީ ނަށާ ވީޑިއޯއެއް އާންމުވެއްޖެއެވެ.

މީސްމީޑިއާގައި އާންމުވެގެން އުޅޭ ‘ބޫމަރެންގް’ ވީޑިއޯއިން ފެންނަނީ، އާލިއާ އާއި އޭނާގެ ދެ އެކުވެރިން ކަމަށްވާ އަކަންޝާ ރަންޖަން އަދި އަނުޝްކާ ރަންޖަން، ޗެވަލް ބްލޭންކް ރަންދެލި ރިސޯޓުގެ ގޮނޑުދޮށުގައި ތިބެގެން އެއްވަރަކަށް ނަށާ މަންޒަރެވެ. މި ތިން އެކުވެރިން ޖައްސާ ސްޓެޕް އަކީ، ރިތިކް ރޯޝަންގެ މަޝްހޫރު ލަވަ “ކަހޯނާ ޕިޔާރު ހޭ” ގެ ސްޓެޕް އެވެ.

އާލިއާ އޭނާގެ ރައްޓެހިންނާއެކީ ރާއްޖެއަށް ޗުއްޓީ ހޭދަކުރަން އައިސްފައިވަނީ، ސަންޖޭ ލީލާ ބަންސާލީގެ “ގަންގުބާއި ކަތިއަވީ” ގެ ޝޫޓިންގައި ވަރަށް ބުރަކޮށް އުޅުމަށް ފަހުގައެވެ. 28 އަހަރުގެ ހުނަރުވެރި ބަތަލާ އެންމެ އަވަހަށް ބޮޑު ސްކްރީނުން ފެނިގެންދާނީ އަޔާން މުކަރްޖީގެ “ބުރަހްމަސްތުރާ” އިންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!