ބިގް ބޮސް 14: ރާހުލް ކައިވެނި ކުރަނީ މި ތާރީޚުގަ ޔޯ!

ކަލާޒް ޗެނަލުން ގެނެސްދޭ މަޤުބޫލު ރިއަލިޓީ ޝޯ “ބިގް ބޮސް 14” ގެ އެންމެ މަޤުބޫލު އެއް ބައިވެރިޔާ ކަމަށްވާ ރާހުލް ވެއިދްޔާ ކައިވެނި ކުރަން ނިންމާފައިވާ ތާރީޚު، ރާހުލްގެ މަންމަ ހާމަކޮށްފިއެވެ.

ލަވަކިޔުންތެރިޔާ ރާހުލް ވެއިދްޔާ، ރައްޓެހިވެގެން އުޅޭތާ ގިނަދުވަސްތަކެއް ވެފައިވާ ޓީވީ އެކްޓްރެސް ދިޝާ ޕަރްމަރް ކައިރީ އިންނަން އަހާފައިވަނީ ވަނީ “ބިގް ބޮސް” ގެ ގޭތެރޭގައި ހުރެގެންނެވެ. އެއާއެކު، “ބިގް ބޮސް” ގެ ބެލުންތެރިންގެ މެދުގައި ވަނީ ރާހުލް އާއި ދިޝާގެ ކައިވެނި އޮންނާނެ ދުވަހަކާމެދު ޝައުގުވެރިކަން އުފެދިފައެވެ.

ރާހުލްގެ މަންމަ، ގީތާ ވެއިދްޔަ، ‘ސްޕޮޓްބޯއީ’ އާ ވާހަކަދައްކަމުން ބުނީ ރާހުލް އާއި ދިޝާގެ ކައިވެނީގެ ތައްޔާރީތައް ދެފަރާތުގެ އާއިލާއިން ވަމުން އަންނަ ކަމަށެވެ. އަދި ރާހުލް “ބިގް ބޮސް” ގެ ގެއިން ނުކުތުމަށްފަހު، ތައްޔާރީތަކުގެ ފަހު މަރުހަލާ ކުރިއަށްދާނެ ކަމަށެވެ. ގީތާ ބުނީ، ރާހުލް އާއި ދިޝާގެ ކައިވެނި އޮންނާނީ ޖޫން މަހު ތެރޭގައި ކަމަށެވެ.

“ބިގް ބޮސް 14” ނިމެން މިހާރު ވަނީ ދެ ހަފްތާއަށް ވެފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!