ދިޝާ ޕަޓާނީ ކުރީގެ ލަވައަކަށް ނެށުމުން ތަޢުރީފު

ބޮލީވުޑްގެ ޒުވާން ބަތަލާ ދިޝާ ޕަޓާނީ، ކުރީގެ މަޝްހޫރު ލަވައަކަށް ކަވާ ނެށުމެއް ހުށަހަޅައި، ގިނަ ބައެއްގެ ތަޢުރީފު ހޯދައިފިއެވެ.

ދިޝާ ޔޫޓިއުބްގައި ހިއްސާކޮށްފައިވަނީ 80 ގެ އަހަރުތަކުގައި އެންމެ މަޝްހޫރުވެގެން ދިޔަ އެއް ލަވަ ކަމަށްވާ “މޭރޭ ނަސީބް މޭ” އަށް ނަށާ ވީޑިއޯއެކެވެ. ދިޝާ ބުނެފައިވަނީ މިއީ އޭނާއަށް އެންމެ ކަމުދާ ކުރީގެ ލަވަ ކަމަށެވެ. މި ނެށުމުގައި ދިޝާގެ އިތުރުން އެހެން ދެ ނެށުންތެރިޔަކު ބައިވެރިވެފައި ވެއެވެ. ނެށުން ކޮރިއޮގްރާފް ކޮށްދީފައި ވަނީ އަންކަން ސޭނާއެވެ.

އިއްޔެ އާންމުކުރި މި ވީޑިއޯމިހާތަނަށް 5 ލައްކައަށްވުރެ ގިނަ މީހުން ބަލާފައި ވާއިރު، ގިނަ ބަޔަކު ވަނީ ދިޝާގެ ނެށުމަށް ތަޢުރީފު ކޮށްފައެވެ. ނެށުމުގެ އިތުރުން ދިޝާ ހެދުން އަޅާފައިވާ ގޮތާއި، މޭކަޕަށް ވެސް ތަޢުރީފު ލިބިފައިވެއެވެ. ދިޝާގެ ނެށުމަށް ތައުރީފުކުރި މީހުންގެ ތެރޭގައި އޭނާގެ ލޯބިވެރިޔާ ޓައިގާ ޝްރޮފް ހިމެނެއެވެ. ޓައިގާ އަކީ ވެސް ހުނަރުވެރި ނެށުންތެރި އެކެވެ.

28 އަހަރުގެ ބަތަލާ އަންނަނީ އޭނާގެ ޔޫޓިއުބް ޗެނަލް މެދުވެރިކޮށް ފޭނުންނަށް އެކިއެކި ވީޑިއޯ ހިއްސާކުރަމުންނެވެ. އޭގެތެރޭގައި ބިއުޓީ ޓިޕްސް އާއި މޭކަޕް ކުރާނެ ގޮތްތައް ހިއްސާކުރަމުން އާދެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!