އާލިއާ ބަޓް މިއުޅެނީ ރާއްޖޭގައި!

ބޮލީވުޑްގެ މަޝްހޫރު ބަތަލާ އާލިއާ ބަޓް، ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަދެއެވެ.

27 އަހަރުގެ ޒުވާން ބަތަލާ، ޗެވަލް ބްލޭންކް ރަންދެލި ރިސޯޓުގައި ޗުއްޓީ ހޭދަކުރަމުންދަނީ ގާތް ދެ އެކުވެރިން ކަމަށްވާ އަކަންޝާ ރަންޖަން އާއި އަނުޝްކާ ރަންޖަން އާއެކުގައެވެ. މި ދެބެއިން ވަނީ އެމީހުންގެ އިންސްޓަގްރާމް ސްޓޯރީގައި، އާލިއާއާއެކު ނަގާފައިވާ ފޮޓޯތައް ހިއްސާކޮށްފައެވެ.

އާލިއާ ބަޓް ރާއްޖެއަށް އައިސްފައި މިވަނީ ކޮން މުނާސަބަތަކާ ގުޅިގެން ކަމެއް ސާފެއް ނޫނެވެ. ފަހަކަށް އައިސް އޭނާ އުޅެނީ ފިލްމުތަކުގެ ޝޫޓިންގައި ވަރަށް ބުރަކޮށެވެ. އެހެންކަމުން، ރާއްޖެއަށް އައީ ކުޑަ ބްރޭކެއް ނަގައި ބޯ ހަމަޖައްސައިލަން ކަމަށް ބެލެވެއެވެ.

އާލިއާ އެންމެ އަވަހަށް ބޮޑު ސްކްރީނުން ފެންނާނީ އަޔާން މުކަރްޖީގެ “ބްރަހްމަސްތުރާ” އިންނެވެ. މި ފިލްމަކީ އާލިއާ އިންނަން އުޅޭ ރަންބީރު ކަޕޫރާއެކީ ކުޅެފައިވާ ފިލްމެކެވެ. އަދި މިހާރު އާލިއާ ޝޫޓު ކުރަމުންދާ ފިލްމަކީ ސަންޖޭ ލީލާ ބަންސާލީގެ “ގަންގުބާއި ކަތިއަވަދީ” އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!