ކަޕިލް ޝަރްމާގެ ފިިރިހެން ދަރިފުޅަށް ކިޔާ ނަން އެހުމުން ބުނީ މިހެން

އިންޑިއާގެ މަޝްހޫރު ކޮމީޑިއަން ކަޕިލް ޝަރްމާ އަށް ދާދިފަހުން ފިރިހެން ކުއްޖެއް ލިބުނުކަން އިޢުލާނުކުރުމާއެކު، އޭނާގެ ފޭނުން އަންނަނީކަޕިލްގެ ދެމަފިރިންނަށް މަރުހަބާ ކިޔަމުންނެވެ. އަދި ޓްވިޓާގައި މަރުހަބާ ކިޔުމުގެ ތެރޭގައި، އެއް ފޭނަކު ވަނީ ކަޕިލްގެ ދަރިފުޅަށް ދިނީ ކޮން ނަމެއްތޯ ސުވާލުކޮށްފައެވެ.

އެއަށް ޖަވާބުދެމުން ކަޕިލް ބުނީ އެކުއްޖާއަށް އަދި ނަމެއް ނުކިޔާ ކަަމަށެވެ. އަދި ނަން ކިޔުން ކުރިއަށް އޮތީ ކަމަށް ބުނެފައިވެއެވެ. ކަޕިލް އާއި އަންހެނުން ޖިނީ ޗަތުރާތަށް ފިރިހެން ކުއްޖަކު ލިބުނުކަން އިއުލާނުކޮށްފައިވަނީ ފެބްރުއަރީ 1 ގައެވެ. އެއާއެކު ފޭނުންގެ ފަރާތުން ލިބުނު ތަހުނިޔާ އާއި ލޯތްބަށް ކަޕިލް ވަނީ ޝުކުރު އަދާކޮށްފައެވެ.

އިންޑިއާގެ އެންމެ މަޝްހޫރު އެއް ކޮމީޑިއަން ކަޕިލް ޝަރްމާގެ އަންހެން ދަރިއަކު ވެސް ހުރެއެވެ. އެކުއްޖާގެ ނަމަކީ އަނައިރާ ޝަރްމާ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!