ޖެކުއަލީން މިފަހުން ގަނެގެން އުޅޭ ގެޔަކީ ކައިވެނީގެ ކުރިން ޕްރިޔަންކާ އުޅުނު ގެ!

ރިޕޯޓްތަށް ބުނާގޮތުގައި މަޝްހޫރު ބޮލީވުޑް ތަރި ޖެކުއަލީން ފެނާންޑޭޒް 7 ކްރޯޑް ރުފިޔާ އަށް ގަނެފައިވާ ގެއަކީ މީގެ ކުރިން ޕްރިޔަންކާ ޗޯޕްރާ އުޅުނު ގެއެވެ. މި ގެއަކީ 2018 ވަނަ އަހަރު ނިކް ޖޯނަސް އާއި ކައިވެނި ކުރުމުގެ ކުރިން ޕްރިޔަންކާ އުޅެމުން ދިޔަ ގެއެވެ.

ޕްރިޔަންކާ އާއި ނިކް ވަނީ 20 މިލިއަން ޑޮލާރ އަށް ދޭ ބޮޑު ގެއެއް ކައިވެންޏަށްފަހު ގަނެފައިއެވެ. މި ދެމަފިރިން މިހާރު އުޅެމުން ދަނީ މި ގޭގައިއެވެ. މިގޭގައި އިންޑޯ ބާސްކެޓް ކޯޓް އަކާއި، ބާ އަކާއި ، އަންޑަ ގްރައުންޑް ގޭމްސް ރޫމް އަކާއި މޫވީ ތިއެޓާއެއް ވެސް ހުރެއެވެ. އަދި މިރޯ ވޯލް ޖިމްނައިޒިއަމް އަކާއި ބޯލްއިން ކުޅޭނެ ތަނެއްގެ އިތުރުން ޕޫލެއްވެސް މިގޭގައި ވެއެވެ.

ކައިވެނީގެ ކުރިންވެސް މި ދެމަފިރިން ވަނީ ލޮސްއެންޖެލިސް އިން ގެއެއް ގަނެފައިއެވެ. ނަމަވެސް މި ގެ ވަނީ 6 މިލިއަން ޑޮލަރ އަށް ވިއްކާލައިފައިއެވެ.

ޖެކުއަލީން އެންމެ ފަހުން ފެނިގެން ދިޔައީ ނެޓްފްލިކްސް ފިލްމް “މިސްއިޒް ސީރިއަލް ކިލާ” އިންނެވެ. އަދި ޕްރިޔަންކާ އެންމެ ފަހުން ފެނިގެން ދިޔައީ ނެޓްފްލިކްސް ފިލްމް ” ދަ ވައިޓް ޓައިގާ” އިންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!