ހަގީގީ ހާދިސާ: އަހަރެންގެ ލޯބިވެރިޔާ އަހަރެނަށް ވުރެ 32 އަހަރު ބޮޑު

އަހަރެންނަށް މިވީ އަދި އެންމެ 18 އަހަރެވެ. 18 އަހަރުގައި 50 އަހަރުގެ މުސްކުޅިމީހަކާއި ޑޭޓުކުރާކަން އަހަރެންގެ އާއިލާއަށް ފަޅާއެރީ މީގެ ދުވަސްކޮޅެއްކުރިންނެވެ. އަހަރެން އޭނާ އާއި ރައްޓެހިވެގެން އުޅޭތާ އަހަރަކަށް ވުރެ ގިނަދުވަސް ވެއްޖެއެވެ. އަހަރެންނާއި އޭނާގެ ގުޅުން ދައްތައަށް ފަޅާއެރީއެވެ.

އަހަރެންގެ އާއިލާއަކީ ހަމަ އާދައިގެ ދިރިއުޅުމެއް އުޅެމުންއަންނަ އާއިލާއެކެވެ. މަންމަ އާއި ބައްޕަގެ ތިބެނީ އަހަރުމެން ދެކުދިންނެވެ. އަހަރެން ނަށްވުރެ އަހަރެންގެ ދައްތަ 5 އަހަރު ދޮށީއެވެ. އަހަރެންނާއި އަހަރެންގެ ދައްތަވެސް އުޅެފައިވަނީ ވަރަށް ހަމަޖެހޭ ދިރިއުޅުމެކެވެ.

މިދިޔަ އަހަރުގެ ފަހުކޮޅުގައި އަހަރެންނަށް ވަރަށް ވަރަށް ކަމުދާ މީހަކު ފެނުނުކަމުގެ ވާހަކަ ވަނީ ދައްތައާއި ހިއްސާކޮށްފައެވެ. އަހަރެންގެ ދައްތަ ހީކުރީ އެއީ ސުކޫލުން ދިމާވި ކުއްޖެއްކަމަށެވެ. އަހަރެންގެ ދައްތަ މީގެ 3 އަހަރު ކުރިން ކައިވެނި ކުރިފަހުން ދިރިއުޅެނީ ވަކިންނެވެ. އަހަރެންނަށް އަހަރެންގެ ލޯބިވެރިޔާ ހަދިޔާ ފޮނުވާ ކަން ދައްތަ އަށް އެނގުނުނަމަވެސް، ދެމީހުން ޒޫމްއިން ގުޅައިގެންނާއި އަބަދުވެސް ފޯނުކުރާކަމެއް އެނގިފައެއްނެތެވެ.

ދައްތަ ހީކުރީ އަހަރެން އުޅެނީ އަހަރެންނާއި އެއް އުމުރެއްގެ ކުއްޖަކާއި ރައްޓެހިވެގެން ކަމަށެވެ. ނުވަތަ އަހަރެންނަށް ވުރެވެސް ހަގު ގާތްގަނޑަކަށް 16 ވަރަކަށް އަހަރުގެ ކުއްޖަކާ ރައްޓެހިވެގެން ކަމަށެވެ. ދައްތަ އަހަރެންނާއި ވާހަކަދައްކަ ކިތަންމެ ފަހަރަކު 16 އަހަރުގެ ކުއްޖަކަށް އެހާ ރުފިޔާ ލިބޭނީ ކިހިނެއްތޯ ސުވާލު ކުރެއެވެ. އަހަރެންގެ ޖަވާބަކަށް ވަނީ ލޯބިވެރިޔާ އުޅެނީ ވަޒީފާއެއްގައި ކަމުގައިއެވެ.

ލޮކްޑައުން ތެރޭގެ ދުވަހެއްގައި ދައްތަ އަހަރުމެން ގެޔަށް އައެވެ. އެ ދުވަހަކީ އަހަރެންގެ ލޯބިވެރިޔާ ވެސް އަހަރެންގެ ގެއަށް އައި ދުވަހެކެވެ. އަދި ދައްތާ އާއި ލޯބިވެރިޔާ ބައްދަލުވި ފުރަތަމަ ފަހަރުވެސް މެއެވެ.

ދައްތަ ގެޔަށް ވަންއިރު އަހަރެންނާއި އަހަރެންގެ ލޯބިވެރިޔާ ތިބީ ސިޓިންގ ރޫމުގެ ސޯފާގައި އަތާ އަތް ގުޅުވާލައިގެނެވެ. އެހެންކަމުން އެއީ އަހަރެންގެ ލޯބިވެރިޔާކަން ދައްތައަށް ފުރަތަމަ ނަޒަރުންވެސް އެގުނެވެ. ދައްތަ މީގެ ކުރިން ލޯބިވެރިއާގެ ފޮޓޯ ދައްކަން ބުނިއެވެ. އެކަމަކު އަހަރެން ކޮންމެ ފަހަރަކުވެސް އިންކާރު ކުރަނީއެވެ. އަހަރެންނަށް ދައްތަގެ ގޮތް ވަރަށް ރަނގަޅަށް އެގޭތީއެވެ. އަހަރެން އޭނާ އާއި ގުޅުމަށް ދައްތަ ދުވަހަކުވެސް ގަބޫލެއް ނުވާނެއެވެ.

ދައްތަ އަހަރެންނަށް ވިސްނައިދުމަށް ވަރަށް މަސައްކަތް ކުރިއެވެ. އަދި ހަމަ އެއާއިއެކު ވަރަށް ހިތްހަމަ ނުޖެހުންވެސް ފާޅުކުރިއެވެ. އުމުރުގެ ފަރަގު ދައްކައި އެކުގައި އުޅުމަކީ މޮޔަ ވިސްނުމެއްކަމަށް ވިސްނައި ދެވޭތޯ ވަރަށް މަސައްކަތް ކުރިއެވެ.

ނަމަވެސް އަހަރެންގެ ލޯބިވެރިޔާ އަހަރެންގެ ދައްތަ ކައިރީ އޭނާ ހަޤީޤަތުގައިވެސް އަހަރެންދެކެ ދެކެ އިންތިހާއަށް ލޯބިވާކަމަށާއި އަހަރެން އުފަލުގައި ބަހައްޓަން ވައުދުވިއެވެ. އުމުރުގެ ކިތަންމެ ފަރަގު ބޮޑުވިކަމުގައި ވިޔަސް އަހަރެން ވެސް އޭނާ ދެކެ އިންތިހާއަށް ލޯބިވެއެވެ. އަދި އުމުރުގެ އެ ތަފާތަކީ އަހަރެން އެއްވެސް މައްސަލައެއް ކަމުގައި ނުދެކެމެވެ. އެއަށްވުރެ ބޮޑަށް އަހަރެން އޭނާ ދެކެލޯބިވެއެވެ. އޭނާ ބޭނުން ވެއެވެ. އެހެން ނަމަވެސް ދައްތައަށް އަހަރެންގެ ގުޅުމާއި ރުހެވޭގޮތެއް ނުވިއެވެ. އެހެން ނަމަވެސް އަހަރެންގެ މައިންބަފައިން އަހަރެނާއި އޭނާގެ ގުޅުމަށް މަރުހަބާކިޔެވެ.

އަހަރެންގެ ލޯބިވެރިޔާގެ އަނބިމީހާ އޭނާ ކައިރިން ވަރިއަށް އެދިފައިވާކަމަށާއި، އެދެމީހުން ވަރަށް އަވަހަށް ވަރިވާން އުޅޭ ކަމަށާއި އެ ކައިވެންޏަށް 20 އަހަރު ގެ ކުއްޖަކާއި 18 އަހަރުގެ ކުއްޖަކު ހުންނަކަމަށް އަހަރެން ދައްތަ ކައިރީ ބުނީމެވެ. އަދި އޭނާގެ 20 އަހަރުގެ ދަރިފުޅަށް މީގެ 6 މަސް ކުރިން ކުއްޖަކު ލިބިފައިވާކަމާއި އޭނާއަކީ ކާފައެއްކަމަށްވެސް އަހަރެން ބުނީމެވެ. ދައްތަގެ ރުޅިގަނޑު ކޮންޓްރޯލުން ނައްޓާލި އެވަގުތުއެވެ. ޖެހުނު އެންމެ ބާރަކަށް ދޮރު ޖެހުމަށްފަހު ގެއިން ނުކުމެގެން ދިޔަތާ ހަ މަސްވީއިރުވެސް އަހަރެންނަށް އަދި ފެނިނުލައެވެ.

އަހަރެން ދައްތަ މަތިން ވަރަށް ހަދާން ވެއެވެ. މަންމަ އާއި ބައްޕަވެސް ދައްތަ މަތިން ވަރަށް ހަދާން ކުރެއެެވެ. މަންމަ އާއި ބައްޕައަށް ގުޅާ އެމީހުންގެ ހާލު ދައްތަ ބަލައެވެ. އަހަރެން މިހާރު ލޯބިރިޔާ އާއި ކައިވެނި ކޮށްގެން ދިރިއުޅެމުން މިދަނީ ވަކިންނެވެ. އޭރުވެސް އަދި މިހާރުވެސް އަހަރުމެންގެ ގުޅުމަށް އަހަރެންގެ މައިންބަަފައިން ވަރަށްގަބޫލެވެ. ދިރިއުޅުން އުންމީދު ކުރިވަރަށް ވުރެވެސް އުފާވެރިއެވެ. އެކަހަލަ ފިރިއަކީ ނަސީބުވެރިއަކަށް ނުނީ ނުލިބޭނެ ފަދަ ފިރިއެވެ.

ހިތްދަތިވާ އޮތީ އެންމެ ކަމެކެވެ. އަހަރެންގެ ލޯބިވާ ދައްތަ އަހަރެންނާއި އެއްވެސް ގުޅުމެއް މިހާރު ނޯންނާތީއެވެ. އަހަރެން ބޭނުންވަނީ އަހަރެންގެ ދައްތަ އެބުރިއައުމެވެ. އަހަރެންނަށް ހިޔާލެއް ފޯރުކޮށްދީބަލާށެވެ. ތިޔަ ކިޔުންތެރިންގެ ހިޔާލަށް އަހަރެން މިހުރީ ނުހަނު ބޮޑަށް ބޭނުންވެފައިއެވެ.

 1. ދައްތަ ދޫކޮއްލާ ތީނައައް ދަރިއަކު ލިބޭ ހިސާބުން އަންނާނެ ދައްތަ .
  ދެރަކަމަކީ ތިހަލާކު ކޮއްލެވުނީ ތީނަފަދަ އެހެން ބައެއްގެ މުޅިދިއުޅުން. އަދި އެމީހުންގެ ހިތްވެސްމެ.
  މީހެއްގެ ފިރިއެއްކަމައްވާ އިރު ކީއްކުރަން ކުށަކާނުލާ ވަރިކުރުވީ. ދެއަތްބަށް އިންނަމަ .
  އަދި އޭނާގެ އަންހެނުންނަކީ ކަލޭގެ ދައްތަ ކަމައްބަލާ ހެޔޮކޮއްހިތިނަމަ އެއީދޯ އޭނަދެކެ ލޯބިވުމަކީ. އަދި ރަގަޅު އިންސާނުންނަކީވެސް

  0
  0

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!