ކުރީގެ ރައީސް އަބްދުﷲ ޔާމީން މާދަމާ ފުލުހުންގެ އިދާރާއަށް ހާޒިރު ކުރާނެ ކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފިއެވެ.
މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ކުރީގެ ހޯރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއީލް ވިދާޅުވީ މާދަމާ ހެނދުނު ރައީސް ޔާމީން ފުލުހުންގެ އިދާރާއަށް ހާޒިރު ކުރާ ކަމަށެވެ.
އެގޮތުން ރައީސް ޔާމީން ފުލުހުންގެ އިދާރާއަށް ހާޒިރު ކުރާ ކަމެއް ނޭނގޭ ކަމަށެވެ.
ފުލުހުން ބުނީ މީހަކު ފުލުހަށް ހާޒިރު ކުރާނަމަ އެ މައުލޫމާތު ނުދޭނެކަމަށެވެ. ނަމަވެސް ހާޒިރުކޮށް ނިމުމުން އެ މައުލޫމާތު ދޭނެކަމަށެވެ.