ޖާންވީ މި ހެދުން ލާން އުޅުނު ހާލު ފެނިފައި ހަމަ ހެވެނީ!

ކައިގެން ހެދުމެއް ނުލެވިގެން އުޅެން ޖެހުނު ހެއްޔެވެ.؟ އެހެން ކަމަށް ވާނަމަ ޖާންވީ މި ޝެއާ ކުރި ފޮޓޯތަށް ބަލާބަލާށެވެ. ކައިގެން ހެދުމެއް ލުމަށް ޖާންވީ އުޅުނު ހާލު ފެނިފައި ހަމަ ހެވޭނެއެވެ.

ބޮލީބުޑްގައި މަގުބޫލުކަން ހޯދަމުން އަންނަ ޒުވާ ބަތަލާ ޖާންވީ ކަޕޫރު ވަނީ ކައިގެން ހެދުމެއް ލުމަށް އުޅޭ ހާލު ދައްކައިދޭން އިންސްޓަގްރާމްގައި ފޮޓޯތަކެއް ޝެއާ ކޮށްފައެވެ. ޖާންވީ ބުނާ ގޮތުގައި އޭނާ އަކީ ކެއުމަށް ލޯބި ކުރާ މީހެކެވެ. މިކަމުގެ ހެއްކެއްގެ ގޮތުގައި ޖާންވީ ވަނީ ކާންއިން ފޮޓޯއެއް ހިއްސާކޮށްފައިއެވެ.

އެއަށްފަހު ދެން ޖާންވީ ވަނީ ކައިނިމިގެން ދެންވާ ގޮތް ދައްކައި ދިނުމަށްވެސް ފޮޓޯއެއް ހިއްސާކޮށްފައިވެ. މި ފޮޓޯގައި ޖާންވީ ފެނިގެން ދަނީ ހެދުމުގެ ޒިބު އެޅުވުމަށް ގިނަބައެއްގެ އެހީ ހޯދާ ތަނެވެ.

ޖާންވީ މިހާރު ދަނީ ފިލްމް ” ގުޑްލަކް ޖެރީ” ގެ ޝޫޓިންގެ މަސައްކަތް ކުރަމުންނެވެ. މި ފިލްމު ގެ ޝޫޓިން ކުރިއަށްދަނީ ޕަޓިޔާލާގައިއެވެ.

މި ފިލްމުގެ ޝޫޓިން މެދުކެނޑުމުގެ ސަބަބުން ޖާންވީ ވަނީ އެނބުރި މުމްބައިއަށް ގޮސްފައިއެވެ. މީ މިފިލްމުގެ ޝޫޓިން މެދުކަނޑާލި ތިންވަނަ ފަހަރެވެ. ޕަޓިޔާލާގެ ދަނޑުވެރިން ބުނާގޮތުގައި ފިލްމުގެ ޝޫޓިން އިތުރަށް ކުރިއަށް ގެންދެވޭނީ ޖާންވީ ދަނޑުވެރިންނާ އެއްކޮޅަށް ބަޔާނެއް ނެރުމުންނެވެ.

ސޭޑިއުލް އާއި އެއްގޮތަށް ފިލްމުގެ ޝޫޓިން ކުރިއަށް ދިޔަނަމަ މާރިޗު ގައި މި ފިލުމުގެ މަސައްކަތް ނިމޭނެ ކަމަށް ފިލްމު އުފައްދާ ފަރާތްތަކުން ބުނެއެވެ.

ޖާންވީ އެންމެ ފަހުން ފެނިގެން ދިއައީ “ގުންޖަން ސަކްސޭނާ” އިންނެވެ. މި ފިލްމަކީ ރަނގަޅު ކާމިޔާބެއް ހޯދި ފިލްމެކެވެ. މީގެ އިތުރުން ނެޓްފްލިކްސް އިން ގެނެސްދިން ” ފެބިއުލަސް ލައިފްސް އޮފް ބޮލީވުޑް ވައިވްސް” އިންވެސް ޖާންވީ ފެނިގެން ދިޔައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!