ޓޫރިސްޓް ހޮޓަލެއް ތަރައްޤީކުރުމަށް ބިމެއް ދޫކުރަން ހުޅުވާލަނީ

ފަތުރުވެރިކަމަށް ހޮޓަލެއް ތަރައްޤީކުރުމަށް ބިމެއް ދޫކުރަން ވަރަށް އަވަހަށް ހުޅުވާލަން ނިންމާފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީން އިއުލާންކޮށްފިއެވެ.

ޓޫރިޒަމް މިނިސްޓްރީން ވިދާޅުވީ ފަތުރުވެރިންނަށް ޚިދުމަތްދޭ ހޮޓަލެއް ތަރައްޤީކުރުމަށް ބިމެއް ދޫކުރުމަށް ހުޅުވާލަނީ އަންނަ ބުދަދުވަހުކަމަށެވެ. ނަމަވެސް މިކަމާއި ގުޅޭ އިތުރު މައުލޫމާތު ޓޫރިޒަމް މިނިސްޓްރީން ހާމަކުރައްވާފައެއް ނުވެއެވެ.

ޓޫރިޒަމް މިނިސްޓްރީން މި މައުލޫމާތު އަދި ހާމަކޮށްފައި ނުވިނަމަވެސް ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ހޮޓެލް ތަރައްޤީކުރުމަށް ހުޅުވާލަނީ ނ. އަތޮޅުގެ ރަށަކުންނެވެ. މިއަހަރުގެ ތެރޭގައިވެސް ޓޫރިޒަމް މިނިސްޓްރީން ވަނީ ފަތުރުވެރިކަން ތަރައްޤީކުރުމަށް އިތުރު ބިންތަކެއް ހުޅުވާލާފައެވެ. އެގޮތުން ހޯރަފުށީގައި ލޯކަލް ޓޫރިޒަމް އިތުރަށް ފުޅާކުރުމަށްޓަކައި އެރަށުން 7 ބިމެއް ގެސްޓްހައުސް ތަރައްޤީކުރަން ދޫކުރުމަށް ވަނީ ހުޅުވާލާފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!