ސަހަރޯ: މުހައްމަދު ޤާސިމް

(ބުދަ ދުވަހުގެ ބަޔާއިގުޅޭ)

ލިޔުންތެރިޔާގެ ނޯޓު: މި ވާހަކައިން ފެންނާނީ، މީގެ ފަންސަވީހަކަށް އަހަރު ކުރީގެ ދުވަސްވަރެވެ. އެހެންކަމުން މި ވާހަކައިގައި ފެންނަ މާލެއާއި ރަށްފުށް، މިހާރާ އަޅައި ބަލާއިރު، ކޮންމެވެސް ވަރަކަށް ތަފާތުވާނެއެވެ. ދިރިއުޅުމުގެ ހާލަތާއި، ބޭނުންކުރާ ތަކެއްޗާއި، ކައިބޮއި އުޅުނުގޮތާއި، ލާ އަންނައުނާއި މި ފަދަ ހުރިހައި ކަމަކުން ވެސް ތަފާތުތައް ފެންނާނެއެވެ.

ބޮޑެތި މީހުންނަށް ދައުވަތު ދެވިފައި ވަނީ، އެ ރޭގެ އަށެއްޖަހާ އިރަށެވެ. ގަޑިޖެހުނުއިރު އެންމެން ވަނީ ހަމަވެފައެވެ. ގެއަށް މީހުން ޖަމާވާން ފެށުމުން ރަޝްފާ އިނީ ކަންބޮޑުވެފައެވެ. އޭނާގެ ހިތަށް އެންމެ ބޮޑު ނުތަނަވަސްކަމެއް ލިބުނީ، މޫސަބޭ ފެނުމުންނެވެ. މޫސަބޭއަކީ އެ ރަށަށް އަރުވާލާފައި ހުރި ފަންޑިތަވެރިކަމުގެ މާހިރެކެވެ. މޫސަބޭ ފެނުމުން ރަޝްފާއަކަށް ނުހުރެވުނެވެ. އަވަސް އަވަހަށް ކޮޓަރިއަށް ވަދެ، އެނދުގައި އޮތް ދަރިފުޅުގެ ވަށައިގެން ބާލިސްތައް ޖެހިއެވެ. އޭނާގެ ހިތުގައި އުފެދެމުން އަންނަ ބިރުވެރިކަމެއްގެ ބޮޑުކަމުންނެވެ.

“ދަރިފުޅަށް ކިޔަނީ ކޮންނަމެއް؟” ނަޒީފުގެ ގާތުގައި ކަތީބު އެއްސެވިއެވެ.

“ނާޖީ!” ނަޒީފު ހިނިތުންވެލިއެވެ.

“ނާޖީއޭ؟ އާނ! އާނ! ދެން ޒަމާނީ ކުދިން ވިއްޔަ. ކިޔަން ވާނީ ޒަމާނާގުޅޭ ކަހަލަ ނަންނަން.” ހަރުކުލައިގެ މީހަކު ބުނެލިއަޑު އިވުނެވެ.

“ކިހައި ރީތި ނަމެއް އެއީ.” ކަތީބު ހުންނެވީ ނަޒީފާ އެއްކޮޅަށެވެ.

“އެއީ އަޅުގަނޑުގެ ހޮވުމެއް ނޫން. ރަޝްފާގެ ހޮވުން.”

“އަދި ދަރިފުޅު ދައްކައެއް ވެސް ނުލަމެއްނު. ނަން ކިޔައިގެން އުޅޭއިރު އެހައި އަވަހަށް ނިންދަވާކަށް ނުވާނެ” ކުޑަކަތީބު ބުނުއްވިއެވެ.

“އަދި ނުނިދާނެ. އެބަ އޮތް ކޮޓަރީގައި. ދޯ ރަޝްފާ!” ކޮޓަރީ ދޮރުމަތީގައި ހުރި ރަޝްފާއަށް ދޯ ދެމުން، އޭނާގެ މޫނަށް ނަޒީފު ބަލައިލިއެވެ.

ރަޝްފާއަކަށް ބުނާނޭ އެއްޗެއް ނޭނގުނެވެ. އާއެކޭ ބުނުމުގެ ގޮތުން ބޯޖަހައިލެވުނުކަން ވެސް އޭނާއަކަށް ނޭނގުނެވެ.

“އެހެންވިއްޔާ ދަރިފުޅާ ބައްދަލުކޮށްފައި އައިސް ކާންފަށަން ވާނީ.” މި ފަހަރު އިވުނީ މޫސަބޭގެ އަޑެވެ. ރަޝްފާގެ މޭ ތެޅިގަތެވެ. ވީގޮތް ވެސް ނޭނގުނެވެ.

އެމަންޖެ ނެރެބަލަ ރަޝްފާ!” ނަޒީފު ހިނިތުންވެލަމުން ރަޝްފާގެ ގާތުގައި ބުންޏެވެ. ރަޝްފާއަށް ހުރެވުނީ ނަޒީފުގެ މޫނަށް ބަލާށެވެ. ނަޒީފުގެ އަޑު އޭނާއަށް ނީވޭކަހަލައެވެ. ނަޒީފަށް ޖެހުނީ އެ ޖުމުލަ ތަކުރާރުކުރާށެވެ.

“ދެން ކޮންމެހެން ނެރެން ހަދާނެކަމެއް ނެތް. ބަލަން ބޭނުން މީހަކު ކޮޓަރިއަށް ވަދެ ބަލައިލީމާ ރަނގަޅުވާނެ.” މޫސަބޭ ބުންޏެވެ.
“ކޭން ބައްލަވަން ފައްޓަވަންވީނުންތޯ؟ ތަށިތަކުގެ މަތިނަގަން ނަޒީފު ފެށިއެވެ.
“އާނ! ފަށަންވީ! ކޮބާ ޝަކީބު؟ މަހަށް ގޮސްފައި ނާންނަނީތަ؟” ތަށްޓެއްނަންގަވަމުން ކަތީބު އެއްސެވިއެވެ.
“ނޫނޭ! އެބައުޅޭ ބަދިގެފަރާތުގައި. މި ހުރިހައި ކަމެއް ހިންގަނީ އޭނައޭ.” ނަޒީފު ބުންޏެވެ.

ކޭންބައްލަވާ ނިންމަވައިގެން ކަތީބު ވެންނެވީ ކޮޓަރިއަށެވެ. ރަޝްފާ ގޮސް ދަރިފުޅު ގާތުގައި އިށީނދެއްޖެއެވެ. އެއިރު ކޮޓަރީގައި ދިއްލާފައި ހުރީ ފަސްވޯޓުގެ އަލިފަނޑު ބޮތްކެއްކަމުން، ނަޒީފު އަވަސް އަވަހަށް ވަދެ، ކޮޓަރީގައި ހުރި ދެ ފޫޓު ހޮޅިބުރި ދިއްލައިލިއެވެ. މުޅި ކޮޓަރި އެކީ އެކައްޗަކަށް އަލިވެގެންދިޔައެވެ.

“އެ މަންޖެ އެ އޮތީ ނިދާފައެއްނު.” ވަށައިގެން ބާލީސްތައް ޖަހާފައި ހުރުމުން ކަތީބު ބުނުއްވިއެވެ.
“ނޫނޭ! އަދި ނުނިދާނެ!” ނަޒީފު ގޮސް ބާލީސްތައް ދުރަށް ޖައްސަންފެށިއެވެ. ރަޝްފާ އިނީ ހާސްވެފައެވެ. ބަލަބަލާ ހުއްޓާ އޭނާގެ މޫނުމަތިން ދާތިކި ފެންނާން ފަށައިފިއެވެ.

“ވަރަށް ލޯބި! ހީވަނީ ހަމަ ނަޒީފުގެ އަންހެނުންހެން.” ރަޝްފާގެ މޫނަށް ބަލައިލަމުން، ކަތީބު ހިނިތުންވެލިއެވެ. ރަޝްފާއަށް ހިނިތުންވެލެވުނީ ވެސް ގަދަކަމުންނެވެ.

ފަހަރަކު މީހަކު ވަދެ، ނާޖީގެ ގައިގައި ފިރުމާލައި، ކޮންމެވެސް އެއްޗެއް ބުނެލާފައި ދެއެވެ. މި ފަދަ ކޮންމެ ފަހަރަކު ވެސް ރަޝްފާގެ ހިތަށް ލިބެނީ އިތުރު ނުތަނަވަސް ކަމެކެވެ.

މޫސަބޭ ކައިނިމިގެން ރަނގަޅަށް ދުފާލުމަށްފަހު ފޯއްގަނޑު ވަރުކޮށްލައިފިއެވެ. “ކޮބައިތަ ނަޒީފުގެ ދަރިފުޅު؟ އަހަރެން މިހެން އިންދާ މިހާރު އެންމެން ވަދެ، އެ މަންޖެއާ ބައްދަލުކޮށް ނިންމީ ދޯ!” މޫސަބޭގެ އަޑު ކޮޓަރިތެރޭގައި އިން ރަޝްފާއަށް އިވުނީ ބިރުވެރި އަޑެއްގެ ގޮތުގައެވެ.
“އަވަހަށް އާދޭ މޫސަބޭ!” ކޮޓަރި ދޮރުމަތީ ހުރެފައި ނަޒީފު ބުންޏެވެ.

މޫސަބޭ ކޮޓަރިއަށް ވަނުމާއެކު، ރަޝްފާގެ ނަޒަރު ހުއްޓުނީ މޫސަބޭގެ މޫނަށެވެ. ނާޖީ ފެނުމުން އޭނާގެ މޫނަށް އެއްވެސް ބަދަލެއް އާދޭތޯ ބަލަންފެށި ކަހަލައެވެ. ރަޝްފާ އިނީ ނޭވާ ހިފަހައްޓާލައިގެންނެވެ. މޫސަބެ އައިސް ނާޖީގެ މޫނަށް ބަލައިލިއެވެ. އަނގައިން ނުބުނެ، ނާޖީއާ ދިމާއަށް އިރުކޮޅަކު ބަލަހައްޓައިގެން ހުއްޓެވެ.

“މިއީ ހަމަ ރަޝްފާ! އެއްވެސް ތަފާތެއް ނެތް.” ރަޝްފާއާ ދިމާއަށް މޫސަބޭ ބަލައިލިއެވެ. އާދައިގެ ގޮތަކަށެވެ. ރަޝްފާ ގަދަކަމުން ކަހަލަ ގޮތަކަށް ހިނިތުންވެލިއެވެ.
“ދެން ދަނީއޭ!”

މޫސަބޭ ހިނގައިގެންފިއެވެ. ފަހަތުން ނަޒީފު ވެސް ހިނގައިގަތެވެ. އެ ވަގުތު ރަޝްފާއަށް ދެ ލޯ މަރައިލެވުނެވެ. ހަމަޖެހުމުގެ ނޭވާއެއް ލެވުނެވެ. ހީވީ މޭމައްޗަށް އަރުވާފައި އޮތް ބޮޑު ބަރެއް ނަގައި، އެއްފަރާތް ކޮށްލިހެންނެވެ.
މޫސަބޭ ގެއިން ނުކުތުމަށްފަހު ނަޒީފަށް ހަނާ އަޅާލައިފިއެވެ.

(ނުނިމޭ)

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!