ވެލާ ޕްރައިވެޓް އައިލެންޑް އިން ސާވިސް ޗާޖުގެ ގޮތުގައި ބައިލައްކަ

ވެލާ ޕްރައިވެޓް އައިލެންޑް ރިސޯޓުން ސާވިސް ޗާޖުގެ ގޮތުގައި މި މަހު އެ ރިސޯޓުގެ ކޮންމެ މުވައްޒަފަކަށް ބައިލައްކައަށް ވުރެ ގިނަ ރުފިޔާ ދީފި އެވެ.

ވެލާ އިން މި މަހު މުވައްޒިފުންނަށް ސާވިސް ޗާޖުގެ ގޮތުގައި 4079.10 ޑޮލަރު ދީފައިވެއެވެ. އެއީ ދިވެހި ރުފިޔާއިން 62،899.722 އެވެ. ވެލާ އަކީ މުވައްޒަފުންނަށް އެންމެ ގިނައިން ސާވިސް ޗާޖު ދޭ ރިސޯޓުތަކުގެ ލިސްޓުގެ އެންމެ ކުރީގައި އަބަދުވެސް އޮންނަ ރިސޯޓެކެވެ.

ކޮވިޑްގެ ބަލިމަޑުކަމާއި ގުޅިގެން ރިސޯޓްގެ އޮޕަރޭޝަން ހުއްޓާލިއިރު ރިސޯޓުން ބޭރުގައި ތިބި މުވައްޒަފުންގެ ތެރެއިން 600 ޑޮލަރަށްވުރެ ކުޑަ މުސާރައެއް ލިބޭ މުވައްޒަފުންނަށް އަސާސީ މުސާރައާ އެކު އިތުރު 200 ޑޮލަރުގެ އެލަވަންސެއް ދިނެވެ. އަދި 600 ޑޮލަރަށް ވުރެ ބޮޑު މުސާރަ ލިބޭ މީހުންނަށް، މުސާރައާއެކު އިތުރު އެލަވެންސްގެ ގޮތުގައި 100 ޑޮލަރު ދިނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!