ސުޝާންތް އައި އަންކިތާގެ ލޯބީ ފޮޓޯއެއް، ދެމީހުންވެސް އުފަލުން ފޮޅިފައި!

އަންކިތާ ލޯކަންޑޭ ވަނީ ސުޝާންތް ސިންގް ރާޖްޕޫތު އަދި އާއިލާއާއި އެކު ހޭދަކޮށްފައިވާ އުފާވެރި ވަގުތު ކޮޅެއްގެ ފޮޓޯ ސޯޝަލްމީޑިއާ ގައި ހިއްސާކޮށްފައިއެވެ.

އަންކިތާ އަކީ ސޯޝަލްމީޑިއާގައި ވަރަށް ހަރަކާތްތެރި ތަރިއެކެވެ. މި ފަހުން އޭނާ ވަނީ އިންސްޓަގްރާމްގައި “އާސްކް މީ އެނީތިންގް” ގެ ސެޝަނެއް ބާއްވާފައިއެވެ. މިސެޝަން ގެ ތެރޭގައި އަންކިތާވަނީ ލޯބިވެރިއާ އާއި ބޭހޭ މައުލޫމާތާއި ބައެއް އަމިއްލަ ޕާސަނަލް މައުލޫމާތު ވެސް ހިއްސާކޮށްފައިއެވެ.

ސުޝާންތު ސިންގް ރާޖްޕުތް އަދި އާއިލާ އާއި އެކު ނަގާފައިވާ މި ފޮޓޯވެސް އަންކިތާ ޝެއާކޮށްފައި ވަނީ މި ސެޝަންގައިއެވެ. މީގެ އިތުރުން އަންކިތާ ވަނީ “އެމް އެސް ދޯނީ” ގެ ޝޫޓިންގ ގައި ސުޝާން އުޅެނިކޮށް ކޮށްފައިވާ ވީޑިއޯ ކޯލްއެއްގެ ސްކްރީން ޝޮޓްވެސް ޝެއާ ކޮށްފައިއެވެ.

ސުޝާންތް އާއި އަންކިތާ ވަނީ ހަ އަހަރު ވަންދެން ރައްޓެހިވެގެން އުޅެފައިއެވެ. ނަމަވެސް މި ދެމީހުން ވަނި 2016 ގައި ގުޅުން ކަނޑާލާފައިއެވެ. ސުޝާންތު ގެ މަރަށް އިންސާފު ހޯދުމަށް އެންމެ ގަދައަށް މަސައްކަތް ކުރަމުންދާ އެކަކީ ވެސް އަންކިތާއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!