މިރާގެ ފޮޓޯއަށް ޝާހިދު ކުރީ ފިސާރި ލޯބި ކޮމެންޓްއެއް!

މީރާ ރާޖްޕޫތް ގެ އިސްޓަގްރާމް ޕޯސްޓް އަކަށް ޝާހިދު ކަޕޫރު ނިކަން ލޯބި ކޮމެންޓެއް ކޮށްލައިފިއެވެ. މި ދެމަފިރިން ވަނީ މި ފަހުން ގޯއާގައި ކުރު ޗުއްޓީއެއް ހަދާފައިއެވެ.

އިސްޓަގްރާމް އަށް ލާފައިވާ މި ފޮޓޯގައި މީރާ ފެންނަނީ ރަތާއި ނޫ ކުލައިގެ ރޮނގު ދެމި ޓޮޕް ކޮޅެއްގައި އެވެ. އަދި ފޮޓޯ ނަގާފައިވަނީ ގޯއާގައިއެވެ.

އިއްޔެ ވެސް މީރާ ވަނީ އިންސްޓަގްރާމުގައި ދެ ދަރިންނާއި އެކު ނަގާފައިވާ ފޮޓޯތަކެއް ޝެއާކޮށްފައިއެވެ. މީ ރިޕަބްލިކް ޑޭ އާއި ގުޅިގެން މީރާ ކޮށްފައިވާ ޕޯސްޓްއެކެވެ.

ގޯއާގެ ޗުއްޓީއަށް ފަހު އެބުރި އައިއިރު ޝާހިދު ވަނީ ގޯއާގައި މަޑުކޮށްފައިއެވެ. ޝާހިދު ގޯއާގައި މަޑުކޮށްފައިވަނީ ވެބް ޝޯވ އެއްގެ ޝޫޓިންގ އަށެވެ. މި ޝޯވގައި ޝާހިދު އާއި އެކު ފެނިގެން ދާނީ ރާޝީ ކަންނާއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!