އުމުރުން ދުވަސްވާ ވަރަކަށްވެސް ކަރިޝްމާ ވަނީ ޒުވާން!

ނުވަދިހައިގެ އަހަރުތަކުގައި ބޮލ؛ީވުޑްގައި އެންމެ ގަދައަށް ވިދާލި އެއް ބަތަލާ ކަރިޝްމާ ކަޕޫރު އަކީ ބޮލީވުޑްގެ ތަރިންގެ ތެރެއިން އެންމެ ރީތި އެއް ތަރިކަމަށް ފާހަގަ ކުރެވޭ ބަތަލާއެކެވެ. ކަރިޝްމާ އަކީ މަޝްހޫރު ފިލްމީ ތަރިން ކަމުގައިވާ ރަންދީރު ކަޕޫރާއި ބަބީތާ ކަޕޫރުގެ ދޮށީ އަންހެން ދަރިފުޅެވެ.

އުމުރުން 46 އަހަރުގެ ކަރިޝްމާ އަކީ ސޯޝަލްމީޑިއާގައި ވަރަށް އެކްޓިވްކޮށް އުޅޭ ތަރިއެކެވެ. އެގޮތުން އޭނާ ކުރާ ޕޯސްޓުތަކަށް ގިނަ ބައެއްގެ ސަމާލުކަމެއް ލިބެއެވެ.

ކަރިޝްމާ މިއަދު ހިއްސާކުރި އޭނާގެ ފޮޓޯއަކަށް ގިނަ ބައެއްގެ ތައުރީފު ދަނީ އޮހެމުންނެވެ. ހުދު އަދި ކަޅުކުލައިގެ ހެދުމެއްގައި “ސަންކިސްޑް” ސެލްފީއަކުން އޭނާގެ ރީތިކަން އިންތިހާއަށް މި ފޮޓޯއިން ދައްކުވައިދެއެވެ.

ކަރިޝްމާ އާއި ކުރީގެ ފިރިމީހާ ސަންޖޭ ކަޕޫރު ވަރިވީ 2016 ވަނަ އަހަރު އެވެ. އޭގެ ފަހުން ކަރިޝްމާ ސަންދީޕް ތޮޝްނިވާލް އާއި ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމުގެ އަޑު އަބަދުވެސް އޮންނަނީ އަރާފަ އެވެ. ކަރިޝްމާގެ 15 އަހަރުގެ އަންހެން ކުއްޖަކާއި 10 އަހަރުގެ ފިރިހެން ކުއްޖަކު ހުރެ އެވެ.

ބަތަލާ ކަރިޝްމާ އެންމެ ފަހުން ލީޑު ރޯލަކުން ފެނުނީ 2012 ވަނަ އަހަރު “ޑޭންޖަރަސް އިޝްގް” އިން އަދި މިދިޔަ އަހަރު ނުކުތް ވެބް ސީރީޒް “މެންޓަލްހުޑް” އިންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!