އަނެއްކާވެސް އިންޑިއާގެ ތަރިއަކު އަމިއްލައަށް މަރުވެއްޖެ

ކަންނާޑާ ބިގް ބޮސްގެ ތިންވަނަ ސީޒަން ގައި ފެނިގެން ގޮސްފައިވާ އެކްޓްރެސް ޖަޔަޝްރީ ރަމަޔާ މަރުވެފައި އޮއްވައި ފެނިއްޖެއެވެ. ޖަޔަޝްރީ މަރުވެފައި އޮއްވާ ފެނިފައިވަނީ ބެންގަލޫރުގައި އޭނާ ދިރިއުޅޭ އެޕާޓްމެންޓުންނެވެ.

ފުލުހުން ޝައްކު ކުރާ ގޮތުގައި މިއީ ސޫސައިޑްއެކެވެ. ނަމަވެސް އަދި ފުލުހުން ގެ އިންވެސްޓިގޭޝަން ކުރިއަށް ދާތީ މި މަރާކީ ސޫސައިޑެއް ކަމެއް ކަށަވަރު ކޮށެއް ނުދެއެވެ.

ޖަޔަޝްރީ ވަނީ އޭނާއަށް ދިމާވައފައިވާ ޑިޕްރެޝަންގެ މައްސަލަތަކާއި ބެހޭގޮތުން މިދިއަ އަހަރު ފޭސްބުކް ގައި ޕޯސްޓެއް ކޮށްފައިއެވެ. ޖުލައި 22 ގައި ޖެހި މިސްޓޭޓަސް ޖަޔަޝްރީ ވަނީ ފަހުން ޑިލިޓް ކޮށްލާފައިއެވެ. އަދި ހަމަ އޭއައިއެކު އޭނާ ރަނގޅު ކަމަށް ބުނެ ވަނީ ޕޯސްޓެއް ކޮށްފައިއެވެ.

ޖަޔަޝްރީ ފިލްމީ ދައިރާ އަށް ނިކުތީ 2017 ވަނަ އަހަރު “އުއްޕު ހުލީ ހަރާ” ކިޔާ ފިލްމަކުންނެވެ. މީގެ އިތުރުން ޖަޔަޝްރީ ވަނީ ފިލްމް “ބްލެކް” އިން ވެސް ފެނިގެން ގޮސްފައިއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!