ވަރުން އާއި ނަތާޝާގެ ފުރާވަރުގެ ފޮޓޯއެއް އެންމެންގެ ސަމާލުކަމަށް!

މީގެ ދެދުވަސް ކުރިން ކައިވެނީގެ ގޮށް ޖަހާފައިވާ ބޮލީވުޑްގެ ކާމިޔާބު އެކްޓަރު ވަރުން ދަވަން އާއި އޭނާގެ ޒަމާންވީ ލޯބިވެރިޔާ ނަތާޝާ ދަލާލްގެ ފުރާވަރުގެ ފޮޓޯއެއް މީސްމީޑިއާގައި ދަޢުރުވާން ފަށައިފިއެވެ.

ވަރުން އާއި ނަތާޝާގެ މި ފޮޓޯއަށް ގިނަ ބައެއްގެ ސަމާލުކަން ވަނީ ލިބިފައެވެ. އެގޮތުން އެ ފޮޓޯ ދަޢުރުވަމުން އަންނަނީ، ކައިވެނީގެ ފޮޓޯއަކާ އެކުގައި، އޭރާއި މިހާރު އަޅާކިޔާ ގޮތަށެވެ. ވައިރަލް ވެގެން އުޅޭ ފޮޓޯގައި ވަރުން ހުރި ނަތާޝާގެ ކޮނޑުގައި ހިފަހައްޓާލައިގެންނެވެ. އަދި ދެމީހުން ވެސް ތިބީ ހިނިތުންވެލާފައެވެ.

ވަރުން މީގެކުރިން އިންޓަވިއުއެއްގައި ކިޔައިދިން ގޮތުގައި، އޭނާއަށް ނަތާޝާދެކެ ލޯބިވެވުނީ ސްކޫލު ކެންޓީނު ތެރެއިން ފެނިގެންނެވެ. އަދި އެދުވަހަށްފަހު ދެމީހުންގެ އެކުވެރިކަން ބަދަހިވެފައި ވިޔަސް، ވަރުން 4 ފަހަރަކު ރައްޓެހިވާން އެހުމުން ނަތާޝާ އިންކާރު ކުރި ކަމަށް ވަރުން ބުންޏެވެ. އެންމެފަހުން ނަތާޝާ އެކަމަށް އެއްވަސް ވެފައިވަނީ ސްކޫލު ނިިމުމުން ކަމަށްވެސް ބުންޏެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!