އިލީނާ އަށް އެންމެ ކަމުދަނީ ފިރިހެނުންގެ ކިބައިގައި ހުންނަ މި ސިފަ!

ބޮލީވުޑް އެކްޓްރެސް އިލީނާ ޑީ ކްރޫޒް، އޭނާއަށް ފިރިހެނުންގެ ކިބައިން އެންމެ ކަމުދަނީ ކޮން ސިފައެއް ކަން ކިޔައިދީފިއެވެ.

ޓީވީ ހޯސްޓު ޝިބާނީ ދަންޑޭކަރް، އިލީނާއާ ކުރީ ސުވާލަކީ، ފިރިހެނުންގެ ކިބައިން އެންމެ ގަޔާވަނީ ކޮން ސިފައެއްތޯއެވެ. އެއާއެކު ޝިބާނީ އިލީނާއަށް 4 އިޚުތިޔާރެއް ދީފައިވެއެވެ. އެއީ ބަސްމޮށުންތެރިކަން، ވިސްނުންތޫނު އަދި ހިސާބަށް މޮޅުވުން، ހަށިގަނޑު ވަރުގަދަވުން ނުވަތަ މިއުޒިކީ ފަންނުވެރި ކަމެވެ. މިއަށް ޖަވާބުދެމުން 34 އަހަރުގެ ބަތަލާ ބުނީ، ބަސްމޮށުންތެރި އަދި ރީތިކޮށް ވާހަކަދައްކަން އެނގޭ ފިރިހެނުންދެކެ އޭނާ ގަޔާވާ ކަމަށެވެ.

“މީގެ އިތުރުން އަހަރެންގެ ބައިވެރިއެއްގެ ކިބައިގައި މިއުޒިކީ ފަންނު ހުރުމަކީ ވެސް އަހަރެން އެދޭ ކަމެއް” އިލީނާ ކިޔައިދިނެވެ.

އިލީނާ ޑީ ކްރޫޒް އެންމެފަހުން ލޯބީގެ ގޮތުން ގުޅިފައިވާކަމަށް އަޑުއަރާފައި ވަނީ އޮސްޓްރޭލިއާއަށް ނިސްބަތްވާ ފޮޓޯގްރާފަރު އެންޑްރޫ ނީބޯން އާ އެވެ. އަދި އެދެމީހުން ކައިވެނިކޮށްފައިވާ ކަމަށް ވެސް މީޑިއާތަކުން މީގެކުރިން ރިޕޯޓުކޮށްފައިވެއެވެ. ނަމަވެސް އެ ޚަބަރު ކަށަވަރު ނުވަނީސް، އިލީނާއާއި އެންޑްރޫ 2019 ވަަނަ އަހަރުގެ އޮގަސްޓު މަސް ތެރޭގައި ރުޅިވެފައިވާ ކަމަށް ނޫސްތަކުން ބުންޏެވެ.

ބޮލީވުޑްގެ ކާމިޔާބު ބައެއް ފިލްމުތަކުގައި މަސައްކަތް ކޮށްފައިވާ އިލީނާ އެންމެފަހުން ފެނިގެންދިޔައީ “ޕާގަލްޕަންތީ” ކިޔާ ފިލްމަކުންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!