ވަރުންގެ ކައިވެންޏަށް ކަރަން ލައިގެން ހުރި ހެދުމުގެ އަގުން އެންމެން ކޮސްކޮށްލައިފި!

މިއަދު ކައިވެނީގެ ގޮށް ޖަހާފައިވާ ބޮލީވުޑްގެ ޒުވާން އެކްޓަރު ވަރުން ދަވަންގެ ކައިވެންޏަށް މަޝްހޫރު ޑައިރެކްޓަރު/ޕްރޮޑިއުސަރު ލާފައި ހުރި ހެދުމަށް ގިނަ ބައެއްގެ ސަމާލުކަން ހުއްޓިއްޖެއެވެ.

ވަރުން ބޮލީވުޑަށް ތަޢާރަފް ކޮށްދިން ކަރަން، ވަރުންގެ ކައިވެނި ހަފްލާ އޮންނަ ތަނަށް އައުމާއެކު ޕަޕަރާޒީން ނަގާފައިވާ ފޮޓޯތައް ވަނީ މީޑިއާގައި ދައުރުވެފައެވެ. އަދި އެންމެ ގިނަބަޔަކު ހައިރާންވެފައިވަނީ، ކަރަން ލައިގެން ހުރި އައުޓްފިޓުގެ އަގުބޮޑު ކަމުންނެވެ. އެގޮތުން ‘ޕިންކްވިލާ’ އިން ރިޕޯޓުކުރާ ގޮތުގައި ކަރަން ލައިގެން ހުރި ވަރސާޗީ ބްރޭންޑުގެ ސްވެޓްޝާޓާއި ޓްރެކް ޕޭންޓްސްގެ އަގު އެއްކޮށްލުމުން 1.5 ލައްކަ ރުޕީސް އަށް އަރައެވެ. އެއީ ދިވެހި ރުފިޔާއިން ގާތްގަނޑަކަށް 31،600 ރުފިޔާއެވެ.

ކަރަންއަކީ އަބަދުވެސް އަގުބޮޑު، ލަގްޒަރީ ބްރޭންޑުތަކަށް ލޯބިކުރާ މީހެއްކަން ފާހަގަކޮށްލެވެއެވެ. އެގޮތުން ގިނަ ހަފްލާތަކަށް ދާއިރު ނުވަތަ ގެއިން ބޭރަށް އާންމުގޮތެއްގައި ނުކުމެ އުޅޭއިރު ފެޝަންގެ ވަކި އުސޫލުތަކެއް ގެންގުޅޭތަން ފެނިގެންދެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!